މަހްލޫފް ބަލިވެ އުޅޭކަން އެންގީ 9 ޖެހިއިރު، ސުވާލެއް ނުކުރެވުނު!

މަހްލޫފް ބަލިވެ އުޅޭކަން އެންގީ 9 ޖެހިއިރު، ސުވާލެއް ނުކުރެވުނު!

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2023 12:36
0

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވޭ ގޮތް ނުވުމުން މިއަދު މަޖިލިސް ޖަލްސާގައި އޭނާ އާއި ކުރަން ތާވަލް ކުރި ސުވާލު ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް، ވޭމަންޑޫ ޒުވާނުންގެ މަރުކަޒާ ގުޅޭ ގޮތުން ކުރާ ސުވާލަކާ ގުޅިގެން ވަޒީރު ހާޒިރުކުރުމެވެ. އެހެންނަމަވެސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވިދާޅުވީ ވަޒީރު ބަލިވެ އުޅުއްވާތީ ވަޑައިގެންނެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

ވަޒީރު މަޖިލީހަށް ގުޅުއްވީ މިއަދު ހެނދުނު 09:00 ގައި.

– ނަޝީދު ވިދާޅުވިއެވެ.

ރިޔާޒް މަހުލޫފާ ސުވާލުކުރަން ހުށަހެޅުއްވީ ރިޔާޒްގެ ދާއިރާގައި ހިމެނޭ ތ. ވޭމަންޑޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

އެ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ފަށައި މި އަހަރުގެ ޖެނުއަރީ އެކަކަށް ނިމޭނެކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ރިޔާޒް ވިދާޅުވެއެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ރާވާފައި އޮތް ގޮތާއި އަދި އެ މަސައްކަތް ނިމޭނެ ތާރީގާ ގުޅޭ ގޮތުން ރިޔާޒް ސުވާލު ހުށަހަޅުއްވާފައި ވެއެވެ.

މިއީ މިސުވާލު މަހުލޫފާއި ކުރަން ހުށަހެޅި 2 ވަނަ ފަހަރެވެ. ނަމަވެސް ދެފަހަރުވެސް މަހުލޫފް ވަނީ މަޖިލީހަށް ދިއުމަށް އުޒުރުވެރި ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހަންމަދު
ރައްޔިތުން،ނާއި ކުރިމަތި ލާން ނުކުރޭ އަމިއްލަ އެދުން ބޮޑު މީހެއް. މުސާރަ ހަލާލު ވާވަރު ކުރޭ