ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެޕާޓީގެ ނައިން ލީޑަރު އަދި ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކުރައްވާ މަސައްކަތަށް ޤާސިމްގެ ތަޢުރީފް ކުރައްވައިފިއެވެ.
ގިނަ އަދަދެއްގެ ޒުވާން ކަނބަލުން ހިމެނޭހެން ރޭ ގިނަ ބަޔަކު ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިފައެވެ. ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާއި ހަވާލުވީ ނަހުލާއެވެ. ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމައި، ކެނޑިޑޭޓަކީ ޤާސިމްކަމަސް ކަނޑައެޅި ހިސާބުން ޖުމްހޫރީ ޕާޓީން ދަނީ އެޕާޓީ އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވަޒީރެއްގެ ގޮތުގައި ހުރި ނަމަވެސް ނަހުލާގެ ސިޔާސީ ހުރިހާ މަސައްކަތެއް ހުސްކުރައްވާފައިވަނީ ޖުމްޖޫރީ ޕާޓީއަށެވެ. ނަހުލާ ކުރައްވާ މަސައްކަތަށް ތައުރީފް ކުރައްވައި ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކޮށް ޕާޓީގެ ކުރިމަގަށް މިނިސްޓަރ ނަހުލާއާއި، އަންހެނުންގެ ގޮފިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި އަލަށް ގުޅުނު މެމްބަރުންނަށް ޤާސިމް ވަނީ މަރުހަބާ ދަންނަވާފައެވެ.
ޖުމްހޫރީ ޕާޓީ އަށް އަލަށް ގުޅިވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރާ، މަރުޙަބާ ދަންނަވަން. ޕާޓީގެ ލީޑަރޝިޕާއި އަންހެނުންގެ ލީގާއި އެކު، އެންމެން ގުޅިގެން ޖުމްހޫރީޕާޓީ އާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައުޤުވެރިކަން އިތުރުކުރުމަށް ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން.
– ޤާސިމް ވިދާޅުވިއެވެ.
Many thanks to our Deputy Leader, @aishath_nahula and @WomensleagueJP members for their tireless efforts in recruiting new members to our party. Certainly the new wave of enthusiasm towards @JPSecretariat is immense. Welcome aboard all. 👏👏👏👏👏#NewMembers #PartyBuilding #JP pic.twitter.com/RN0fRxVOEv
— Qasim Ibrahim (@qasimibrahim) April 9, 2023
ޤާސިމމް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ މަޝްވަރާތައް ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދަމުންނެވެ. މިދިޔަ ހަފްތާ ބަންދުގައި ޤާސިމް ވަނީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ޓީމާއިއެކު ސަން އައިލެންޑުގައި ބައްދަލުކޮށްފައެވެ. އަދި ޖޭޕީން ގެންދަނީ ބައެއް އެހެން ޕާޓީތަކާއިވެސް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.
ސަރުކާރުގައި ހިމެނޭ ޕާޓީއަކަށް ޖުމްހޫރީ ޕާޓީވެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި ހިސާބުން ޖޭޕީގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ޤާސިމް ވިދާޅުވެފައިވަނީ ޖޭޕީން ސަރުކާރާއިއެކު ކޯލިޝަން ހެދީ 5 އަހަރަށް ކަމަށެވެ. ވެރިކަމުގެ ދައުރު ހަމަނުވަނީ އެއްވެސް ބޭފުޅަކު މަޤާމުން އިސްތިއުފާ ނުދެއްވުމަށް ޤާސިމް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ