ބެންޒެމާގެ ހެޓްރިކުން ބާސެލޯނާ ކަޓުވާލައި ރެއާލް ފައިނަލަށް

ބެންޒެމާގެ ހެޓްރިކުން ބާސެލޯނާ ކަޓުވާލައި ރެއާލް ފައިނަލަށް

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ވާދަވެރި ބާސެލޯނާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ރެއާލް މެޑްރިޑުން ކަށަވަރުކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލުން ރެއާލް ޖާގަހޯދީ ސެމިފައިނަލްގައި ބާރސާގެ މައްޗަށް ހަތަރު ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ބާރސާއެވެ. އެހެންކަމުން ދެވަނަ ލެގަށް މިދެޓީމް ނިކުންއިރު ގިނަ ބަޔަކަށް ގަބޫލް ކުރެވުނީ މިމެޗްވެސް އަމިއްލަ ދަނޑުގައި ކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލުން ބާރސާ ޖާގަހޯދާނެ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް މިމެޗްގައި ރެއާލްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ލެގް ވާދަވެރި ބާރސާގެ ދަނޑުގައި ކުޅެ ހަތަރު ލަނޑު ސުންލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށް ފައިނަލުން ޖާގަހޯދުމެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގްގައި ރެއާލްއިން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑަކާއެކުއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިނިޝިއަސް ޖޫނިއަރއެވެ. މިމެޗްގައި ރެއާލްގެ ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެތްގައި ޖަހާދިނީ ކެޕްޓަން ކަރީމް ބެންޒީމާއެވެ. އަދި އޭގެ އަށް މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން ބެންޒީމާވަނީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އަދި މެޗްގެ 80 ވަނަ މިނެޓްގައި ބެންޒީމާވަނީ އިތުރު ލަނޑެއް ޖަހާ މިމެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ.

މިމެޗްގައި ހާއްސަކޮށް ދެވަނަ ހާފްގައި ރެއާލްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން ބާރސާ ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއް ކުޅެމުންދިޔަ ޓީމެއްގެގޮތުގައެވެ. ނަމަވެސް ބާރސާއިންވަނީ މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅު ކުުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުވެސް ތަނަވަސްކޮށްފައެވެ. މިމުބާރާތުގެ ފައިނަލްގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ މިއަންނަ މެއި މަހުގެ ހަވަނަ ދުވަހު އޮސަސޫނާ އާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *