މިއަދުގެ ރެސިޕީ އަކީ ކޭކެކެވެ. މިއީ ލެމަން ކޭކެވެ. ކޭކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ އެއްޗެކެވެ. މިއީ އާންމުކޮށް ފިހާ ކޭކައި މާބޮޑު ތަފާތެއް ހުރި ކޭކެއް ނޫނެވެ. އެހެން ކަމުން މިއީ ފަސޭހައިން ތައްޔާރުކޮށް ލެވޭނެ ކޭކެކެވެ.
ބޭނުން ވާނެ ތަކެތި:
2 1/2 ޖޯޑު ހަކުރު
1 1/2 ޖޯޑު ބަޓަރ
4 ބިސް
3 1/2 ޖޯޑު ފުށް
1/2 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ބެކިން ސޯޑާ
1 ޖޯޑު ބަޓަރ މިލްކް
1 ސައިސަމުސާ ލުނބޯ އެސެންސް
2 ޖޯޑު އައިސިން ޝުގާ
1/2 ޖޯޑު ލުނބޯ ޖޫސް
2 މޭޒުމަތީ ސަމުސާ ބަޓަރ
1 މޭޒުމަތީ ސަމުސާ ލުނބޯ ޒެކްޓް
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ 1 1/2 ޖޯޑު ބަޓަރު އަދި ހަކުރު ރީއްޗަށް އެއްވަންދެން އިލެކްޓްރިކް މިކްސަރަކުން ގިރާލާށެވެ. ދެން ފަހަރަކު ބިހެއް ލަމުން ގިރަމުން ދާންވީއެވެ.
ދެން ތައްޓެއްގައި ފުށާއި ލޮނު އަދި ބޭކިން ސޯޑާ އެއްކޮށްފައި ގިރުވި ބައި ތެރެއަށް އަޅާށެވެ. އެއްވުމުން ބަޓަރ މިލްކް އަޅާ ގިރާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށް މިކްސް ވުމުން ލުނބޯ އެސެންސް އަޅާ ކުޑަކޮށް ގިރުވާލާށެވެ. ދެން 165 ޑިގްރީގައި 60 އާއި 75 މިނެޓް ދޭތެރޭ ފިހެލާށެވެ. އޭރުން ހުންނާނީ ލެމަން ކޭކް ތައްޔާރު ވެފައިއެވެ.