މާލޭގައި ދުއްވާ މިނީބަހެއް ކޮންޓްރޯލް ނުކުރެވި ޒޯނުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި، ސައިކަލުތަކަށް ގެއްލުން ވެއްޖެއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ޕާކްކޮށްފައި ހުރި 7 ސައިކަލަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މިހާދިސާ ހިނގާފައިވަނީ އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާން ދެމެދު އޮންނަ އަމީރު އަހުމަދު މަގުގައެވެ. އެމަގަކީ ސައިކަލު ޒޯންގައި ގިނަ އަދަދެއްގެ ސައިކަލު އަބަދުވެސް ޕާކްކޮށްފައި ހުންނަ ބާރު ބޮޑު ސަަރަހައްދެކެވެ.
މިހާދިސާ ހިނގާފައިވަނީ ޑްރައިވަރަށް ނިދިޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.
މިކަން ފުލުހުން ބަލަމުންދާކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ