ރެސިޕީ 26: ވެޖިޓިބަލް އޮމްލެޓް

ރެސިޕީ 26: ވެޖިޓިބަލް އޮމްލެޓް

Author
ފާތިމަތު ނާވީ
04 އޭޕްރިލް 2023 08:06
0

ތަފާތު ވައްތަރުގެ އޮމްލެޓަކީ ދިވެހިންގެ މެދުގައި ހާއްސަކޮށް އުމުރުން ދުވަސް ވީ މީހުންގެ މެދުގައި ރޯދަ ވިއްލާ ގަޑިއަށް ވަރަށް އާންމު އެއްޗެކެވެ. އޮމްލެޓަކީ ތަފާތު ގޮތްގޮތަށް ތައްޔާރު ކުރވިދާނެ އެއްޗެކެވެ.

މިއަދު މި ގެނެސްދެނީ ވެޖިޓިބަލް އޮމްލެޓް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ބާވަތެކެވެ. އަދި ގިނަ ފައިދާތަކެއް ވެސް ލިބޭނެ އެއްޗެއްވެސް މެއެވެ. އަދި އެންމެ ކަމުދާ ތަރުކާރީއެއްގައި ވެސް މި އޮމްލެޓް ތައްޔާރު ކުރެވިދާނެއެވެ.

ބޭނުން ވާނެ ތަކެތި:

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

2 މޭޒުމަތީ ސަމުސާ ރެޑް ބެލްޕެޕާ (ޑައިސްކޮށް ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ކެރެޓް (ޑައިސްކޮށް ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ގްރީން ބީންސް

1 މޭޒުމަތީ ސަމުސާ ފިޔާ (ޑައިސްކޮށް ކުދިކޮށް ކޮށާފައި)

1 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)

3 މަޝްރޫމް (ސްލައިސް ކޮށްލާފައި)

5 ބިސް

ލޮނު އަދި އަސޭމިރުސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވަޔަށް ތެޔޮ ފޮދު އެޅުމަށް ފަހު، ފިޔާ، ބެލްޕެޕާ، ބީންސް އަދި ކެރެޓް ކޮޅު އަޅައި ވަޅޯ ކޮށްލާށެވެ. އެއަށް ފަހު މަޝްރޫމު ކޮޅު އަޅައި، މަޝްރޫމު ކޮޅު ކެކެންދެން މަޑުކޮށްލާށެވެ. ދެން މިރުސްއަޅައި ލާށެވެ. އެއަށް ފަހު ބިސް ތައް ތަޅާލުމަށްފަހު ތައްޓަކަށް އަޅައި ލާށެވެ. އަދި ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށް ފަތު ތަރުކާތި ކޮޅު މައްޗަށް އަޅައިލާށެވެ. އެއްފަޅި ފިހެވުމުން އަނެއްފަޅިއަށް ފުށުން ޖަހައިލާ ފިހެލާށެވެ. މިހާރު ހުންނާނީ ވެޖިޓިބަލް އޮމްލެޓް ތައްޔާރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.