ކައިޒީން އަށް ސެކިއުރިޓީއެއް ނުދޭކަމަށް ފުލުހުން ބުނެފި

ކައިޒީން އަށް ސެކިއުރިޓީއެއް ނުދޭކަމަށް ފުލުހުން ބުނެފި

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 02:47
0

ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން (ކައިޒީން) ގެ އުފަން ދުވަސް ފާހަގަކުރިއިރު އޭނާއަށް ސެކިއުރިޓީ ނުދިނަސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގިނަ އަދަދެއްގެ ސެކިއުރިޓީންނާއެކު ކައިޒީން އުސްފަސްގަނޑުގައި ހަރަކާތްތެރިވާ މަންޒަރު ފެނުމުން ފުލުހުންނަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ހަވާއެރުވިއިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ ހަވާ އެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާތީ، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އޭނާ އަށް ސެކިއުރިޓީ ދިނީ އަމިއްލަ ކުންފުންޏަކުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ، ކައިޒީންގެ 29 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ފަހު، ކާރަށް އަރަން ދާއިރު، އޭނާގެ ވަށައިގެން ސެކިއުރިޓީން ތިބި ތަނެވެ. އެ ކަހަލަ އަމިއްލަ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުން ޕްރައިވެޓް ސެކިއުރިޓީ ދޭ ކަމަކަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވިއެވެ. އެކަމަކު، އެ ވާހަކަަތައް ސިފައިންނާއި ފުލުހުން ވެސް ދޮގުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަންނަ
ސޯ އޯލްޑް