އެސްޓަންވިލާ އަތުން ބަލިވެ ޗެލްސީ 11 ވަނައަށް ވެއްޓިއްޖެ

އެސްޓަންވިލާ އަތުން ބަލިވެ ޗެލްސީ 11 ވަނައަށް ވެއްޓިއްޖެ

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 09:26
0

އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ ރޭހުގައި އޮތް އާސެނަލާއި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލީގުގެ ވާދަވެރިކަން ބޮޑުވިއިރު، އެސްޓަން ވިލާ އަތްދަށުވެ، ޗެލްސީ ފަހަތަށް ސޮއްސާލައިފިއެވެ.

ޗެލްސީ ދަނޑުގައި ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ލީޑުނެގީ އޮލީ ވަޓްކިންސް ޖެހި ގޯލުންނެވެ. މިއީ، ޗެލްސީގެ މާކް ކުކުރޭލާ ހެދި ގޯހަކުން ޖެހި ގޯލެކެެވެ. ދެ ވަނަ ހާފުގައި އޭރިއާބޭރުން އެސްޓަން ވިލާގެ ޖޯން މެކްގިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. މި މެޗުގައި ޗެލްސީން ގޯލެއް ޖަހަން ކުރި މަސައްކަތް ހުއްޓުވުމުގައި އެސްޓަން ވިލާގެ ކީޕަރު، އާޖެންޓީނާގެ އެމިލިއާނޯ މާޓީނޭޒް އިސް ރޯލެއް ކުޅެފައިވެއެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ ލީގުގެ 11 ވަނަ އަށް ވެއްޓިފައެވެ. ޗެލްސީ ފަހަތަށް ޖައްސާލައި އެސްޓަން ވިލާ ވަނީ ކުރިއަށް ޖެހިލައިފައެވެ. ނުވަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް 28 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، 10 ވަނައިގައި އޮތް ފުލަމް އަށް ވަނީ 28 މެޗުން 39 ޕޮއިންޓް ލިބިފައެެވެ. ޗެލްސީ 11 ވަނައިގައި އޮތީ 28 މެޗުން 38 ޕޮއިންޓާ އެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.