ސަރުކާރުގެ ގުދަނެއްގެ ތަޅު ހަލާކުކޮށް، ކައުންސިލުން މުދާ ގެންދިޔަ މައްސަލައެއް!

ސަރުކާރުގެ ގުދަނެއްގެ ތަޅު ހަލާކުކޮށް، ކައުންސިލުން މުދާ ގެންދިޔަ މައްސަލައެއް!

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2023 12:13
0

ޔޫތް މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށް، މާލެ ސިޓީ ކައުންސިލުން އެތަނުގައި ހުރި މުދާތައް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ސިޓީ ކައުންސްލުން ވަދެ ގުދަނުގެ ތަޅުހަލާކުކޮށްލާފައިވާ ކަމަށެވެ. ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންގޮސްފައިވާ ކަމަށް ޓްވިޓާގައި ފޮޓޯއެއް ހިއްސާކުރައްވާ މަހުލޫފް ވިދާޅުވިއެވެ. އެކަން ވަގުތުން ހުއްޓާލުމަށް މަހުލޫފް ވަނީ ސިޓީ ކައުންސިލްއަށް ގޮވާލާފައެވެ. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް މުދާތައް ރައްކާކޮށްފައިވާ ގުދަން، ސަރުކާރަށް ވެސް ނޭނގި ސިޓީ ކައުންސިލުން ވަނީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވެއެވެ. އެ ގުދަނަކީ ޕީޕީއެމްގެ ސަރުކާރުގައި “ރުމާލު 2” ޖަގަހަ ހިންގި ތަނެވެ. އެ ގުދަނާ ގުޅިފައިވާ ހުސް ބިން ސަރުކާރުން ވަނީ ވޮލީ ކޯޓު އަޅަން ޔޫތު މިނިސްޓްރީއަށް ދީފައެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން މިރޭ ބުނީ ޤަވައިދާ ޚިލާފަށް އެެއްވެސް ކަމެެއް ނުކުރާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބަލައި ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދޮންތަ
ސިޓީ ކައުންސިލްން ކުރި ކަމެއް ދެން ކޮންކަމެއް