ރޯދަ މަހަކީ އެހެން މަސްތަކާއި ތަފާތު މަހެކެވެ. އެހެން ކަމުން އާންމުކޮށް މޭވާ ކާ ފަދައިން ރޯދަ މަހުގައި މޭވާ ކެވޭތަނެއް ނުފެނެއެވެ. މޭވާ އަކީ ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ލިބޭ އެއްޗެއްކަން އެކަކަށްވެސް އޮޅިފައެއް ނެތެވެ.
އެހެން ކަމުން ރޯދަ ވިއްލާ ގަޑީގައި ފުރުޓް ސެލެޑެއް ތައްޔާރުކޮށްލުން ކިހިނެއް ވަނެތޯއެވެ.

ބޭނުން ވާނެ ތަކެތި:
1 ޖޯޑު ޕިއާސް (ޑައިސްކޮށް ކޮށާލާފައި)
1 ޖޯޑު ކީވީ (ޑައިސްކޮށް ކޮށާލާފައި)
1 ޖޯޑު ކަދުރު (ޑައިސްކޮށް ކޮށާލާފައި)
1 ޖޯޑު ސްޓްރޯބެރީ (ޑައިސްކޮށް ކޮށާލާފައި)
1 ޖޯޑު އާފަލު (ޑައިސްކޮށް ކޮށާލާފައި)
1 ޖޯޑު އަނބު (ޑައިސްކޮށް ކޮށާލާފައި)
1 ޖޯޑު ދޮންކެޔޮ (ޑައިސްކޮށް ކޮށާލާފައި)
2 ޖޯޑު އޮރެންޖު ޖޫސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ޑައިސްކޮށް ކޮށާފައިވާ ހުރިހާ މޭވާ އެއް ތައްޓަކަށް އަޅައިލުމަށްފަހު ހުރިހާ އެއްޗެއް އެކޮށްލާށެވެ. އެއަށް ފަހު އޮންޖު ޖޫސް ފޮދު އަޅައި މަތި ޖެހުމަށް ފަހު ފިނި ކޮށްލާށެވެ. ދެން ރޯދަ ވިއްލާ ގަޑީގައި ކުޑަ ތައްޓަކަށް އަޅާއި ފިނިކޮން ހުއްޓައި ސާވް ކޮށްލާށެވެ.
ކޮމެންޓު ފޮނުވާ