އިޓަލީ ހަތަރު އަހަރަށްފަހު ރޭކިިންގެ ގަދަ 10އަކަށް، މެކްސިކޯއަށް ބޮޑު ކުރިއެރުމެއް

އިޓަލީ ހަތަރު އަހަރަށްފަހު ރޭކިިންގެ ގަދަ 10އަކަށް، މެކްސިކޯއަށް ބޮޑު ކުރިއެރުމެއް

ގުޅުންހުރި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީ ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ފީފާއިން އިއުލާނު ކުރި ދުނިޔޭގެ ރޭންކިންގގެ ގަދަ 10 ގެ ތެރޭގައި އަލުން ހިމެނިއްޖެއެވެ.

މިހާރުގެ ކޯޗު މަންޗީނީ 2018 ވަނަ އަހަރުގެ މެއި މަހު ގައުމީ ޓީމާ ހަވާލުވި އިރު އިޓަލީ އޮތީ ދުނިޔޭގެ ރޭންކިންގ ގެ 20 ވަނައިގައެވެ. މީގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން އިޓަލީ ޖާގަ ހޯދައިފައިވާއިރު އެ ޓީމު މިހާރު ވަނީ ބަލިނުވެ ޖެހިޖެހިގެން 22 މެޗު ހަމަކޮށްފަ އެވެ. މިއީ 2006 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ޓީމުގެ އެންމެ ރަގަޅު ރެކޯޑެވެ. އެންމެ ފަހުގެ ވޯލްޑް ކަޕު ކޮލިފިއިންގައި ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ދުނިޔޭގެ ރޭންކިންގ ގެ ފަހަތަށް ސޮއްސާލި ފަހުން އިޓަލީ އަށް ބޮޑު ކުރިއެރުމެއް ލިބިފައި މިވަނީ 2018 ވަނަ އަހަރުއެވެ.

އިޓަލީގެ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގައި އިޓަލީ ހިމެނެނީ ސީޑްކޮށްފައިވާ ގައުމެއްގެ ގޮތުގައެވެ. އެންމެ ފަހުން ރަޝިޔާގައި ބޭއްވުނު ވޯލްޑް ކަޕުން ޖާގަ ނުލިބުނު އިޓަލީ އެންމެ ފަހުން ދުނިޔޭގެ ރޭންކިންގ ގެ ގަދަ 10 ގައި ހިމެނުނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.

މިފަހަރު ދެން ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެކްސިކޯއިންނެވެ. މެކްސިކޯ ވަނީ މިފަހަރު ރޭންކިންގައި ދުނިޔޭގެ 9 ވަނައަށް ޖެހިލާފައެވެ. މިއީ2006 ވަނަ އަހަރު ފަހުން އެގައުމުން ރޭންކިންގައި ހޯދި އެންމެބޮޑު ކުރިއެރުމެވެ. ރޭންކިންގެ އެއްވަނަ ބެލެޖިއަމް އަށް ލިބުނު އިރު ދެވަނައިގަ އޮތީ ފްރާންސްއެވެ. ތިންވަނަ ބްރެޒިލްއިން ހޯދިއިރު ހަތުވަނަގައި އޮތީ އިންގްލޭންޑްއެވެ. ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްއަށް ރޭންކިންއިން ލިބެނީ ފަސްވަނައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *