ރެސިޕީ 18: ޖެލީ ކޭކް

ރެސިޕީ 18: ޖެލީ ކޭކް

މިއަދަކީ ހުކުރު ދުވަސް ކަމަށް ވުމުން ތުއްތު ކުދިންނަށް ވަރަށް ކަމުދާ ކަހަލަ ކާއެއްޗެއް ހަދާލުމަކީ އެންމެވެސް ވަރަށް ބޭނުން ވާނެ ކަމެކެކެވެ. އެގޮތުން މިއަދު މި ގެނެސްދެނީ ޖެލީ ކޭކް ތައްޔާރު ކުރާނެ ގޮތެވެ.

މީ ނޯ ބޭކް ކޭކެކެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި ވަގުތު ސަލާމަތް ވާނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެން ކަމުން މިއަދުގެ ސުފުރާ ފަޅު ފިލުވައިލުމަށް ޖެލީ ކޭކް ތައްޔާރު ކޮށްލުން ކިހިނެއް ވާނެތޯއެވެ.؟

ބޭނުން ވާނެ ތަކެތި:

2 ޕެކެޓް ޖެލީ ޕައުޑަރު (ކަމުދާ ފްލޭވާ އަކުން)

1 ޕެކެޓް ފިންގާ ބިސްކޯދު

1 ޖޯޑު ފުލް ކްރީމް ކިރު

ވިޕިން ކްރީމް ޕައުޑަރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޖެލީ ޕައުޑަރު ގެ 1 ޕެކެޓް ތެރެއަށް ފެން އަޅައި ޖެލީ ހެދުމަށް ތައްޔާރު ކޮށްލާށެވެ. އެއަށް ފަހު ވިޕިން ކްރީމް ޕައުޑަރުގެ ތެރެއަށް ތައްޔާރު ކުރި ޖެލީ އަޅައި ވިޕިން ކްރީމް އާއި އެއްކޮށް ކްރީމްގަނޑެއް ތައްޔާރު ކޮށްލާށެވެ.

އެއަށް ފަހު ކިރު ފޮދުގެ ތެރެއަށް ބިސްކޯދު ލައި ފޯކޮށްލުމަށް ފަހު ޓްރޭއެއްގައި އަތުރައިލާށެވެ. ބިސްކޯދުގެ ދެ ލޭޔާ އަޅާ ލުމަށްފަހު ތައްޔާރު ކުރި ވިޕިން ކްރީމް ގަނޑު ބިސްކޯދު ތަކުގެ މައްޗަށް އަޅައި އެއްވަރު ކޮށްލާށެވެ. އެއަށް ފަހު ޖެލީގެ ދެވަނަ ޕެކްޓް ވެސް ކުރީ ޕެކެޓް ފަދައިން ތައްޔާރު ކޮށްލައި ވިޕިންގް ކްރީމް ގަނޑު މައްޗަށް އަޅައި ލާށެވެ. ދެން ފިނި ކޮށްލާށެވެ. މިހާރު ހުންނާނީ ޖެލީ ކޭކް ތައްޔާރު ވެފައިއެވެ.

ނޯޓް: ރާއްޖޭގައި އާންމު ކޮން ހުންނަ ޖެލީ ޕައުޑަރު ޕެކެޓްގެ ބޭރުގައި ތައްޔާރު ކުރާނެ ގޮތުގެ އިރުޝާދު ދީފައި ހުންނާނެއެވެ. 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *