"ސްތިރީ2″ގައި ޝްރައްދާ އާއެކު ވަރުން އާއި ރާޖްކުމާރު

"ސްތިރީ2″ގައި ޝްރައްދާ އާއެކު ވަރުން އާއި ރާޖްކުމާރު

Author
ފާތިމަތު ނާވީ
29 މާރޗް 2023 09:22
0

2018 ވަނަ އަހަރު ގައި ރިލީޒް ކުރި ހޮރޯ-ކޮމެޑީ "ސްތިރީ" ގެ ދެވަނަ ބައެއް އިއުލާން ކޮށްފައިވާ އިރުގައި އޭގެ ލީޑުން ވެސް ފެނިގެން ދާނީ ފުރަތަމަ ފިލްމް އިންވެސް ފެނިގެން ދިއަ ބަތަލާ ޝްރައްދާ ކަޕޫރެވެ. އަދި މި ފިލްމްގައި ޝްރައްދާ އާއި އެކުގައި ދެ ބަތަލުން ފެނިގެން ދާނެ ކަމަށް ބުނި ނަމަވެސް އެއީ ކޮން ބައެއް ކަން ހާމަ އެއް ނުކުރެއެވެ.

ފިލްމްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި އިރުގައި މި ފިލްމް ގެ އެންމެ ފަހުގެ މަސައްކަތްތަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ފިލްމްގެ ބަތަލުގެ ރޯލުން ފެންނާނީ ވަރުން ދަވަން އާއި ރާޖް ކުމާރު ރާއޯ ކަމަށް ވަނީ ބުނެފައިއެވެ.

ހޮރޯ-ކޮމެޑީ މި ފިލްމުގެ ފަހުން ފިލްމުގެ ޑައިރެކްޓަރު ވަނީ ވަރުން ދަވަން އާއި ކްރީތީ ސެނޯން އާއެކު "ބީޅިޔާ" ކިޔާ ފިލްމެއް އުފައްދާފަ އެވެ.  މި ފިލްމްގެ ލަވަ އަކުން ޝްރައްދާ ފެނިގެން ގޮސްފައި ވެއެވެ.

"ސްތްރީ" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި ފިލްމްގެ ލީޑުން ޝްރައްދާ އާއި އެކުގައި ފެނިގެން ދިއައީ ރާޖް ކުމާރު އާއޯއެވެ. އަމަރު ކޯޝިކް ޑައިރެކްޓުކުރި މި ފިލްމްގެ ކާސްޓުން ޝްރައްދާ އާއި ރާޖް ކުމާރުގެ އިތުރުން ޕަންކަޖް ތްރިޕާޓީ އަބިޝޭކް ބެނަޖީރް އަދި އަޕަރްޝަކްތީ ކުރާނާ ފެނިގެން ދެއެވެ. ފިލްމް ރިލީޒް ކުރީ 2018 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.