ވިވިއަން އަކީ މިހާރު ބައްޕައެއް

ވިވިއަން އަކީ މިހާރު ބައްޕައެއް

Author
ފާތިމަތު ނާވީ
30 މާރޗް 2023 07:00
0

މީގެ ދެއަހަރެއްހައި ދުވަސް ކުރިންކައިވެނި ކުރި ނަމަވެސް އެކައިވެނި ސިއްރު ކޮށްގެން އުޅުނު އެކްޓަރު ވިވިއަން ދެސޭނާ އަކީ މިހާރު ބައްޕައެއް ކަމަށާއި އޭނާ ގެ ތުއްތު ދަރިފުޅެއް އެބައޮތް ކަމަށް އޭނާ ބުނެފިއެވެ.

ޓީވީ އެކްޓަރު ކައިވެނި ސިއްރު ކޮށްގެން އުޅުމަށް ފަހު އެކަން ފަޅާ އަރައިފައިވަނީ މި އަހަރުގެ ތެރޭގައިއެވެ.  ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއެއްގައި 34 އަހަރުގެ އެކްޓަރު ބުނީ އޭނަ އަށް ލިބުނީ އަންހެން ދަރިއެއް ކަމަށާއި މިހާރު ހަތަރު މަސްވީ ކުއްޖާގެ ނަމަކީ ލަޔާން ވިވިއަން ޑިސޭނާ ކަމަށެވެ.

 

View this post on Instagram

 

A post shared by Vivian Dsena (@viviandsena)

ވިވިއަން ކައިވެނި ކޮށްގެން އުޅޭކަމަށް ވާހަކަ ދެކެވުން ނަމަވެސް އޭނާ ގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކޮށްފައެއް ނުވެ އެވެ. ޕާސަނަލް ލައިފް ވަރަށް ބޮޑަށް ޕްރައިވެޓް ކޮށް ގެންގުޅޭ ވިވިއަން އަކީ ވަރަށް ކާމިޔާބު ޑްރާމާ ތަކެއް ކުޅެފައިވާ އެކްތަރެކެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިއައި ޑްރާމާ ސިލްސިލާ "ސިރްފް ތުމް" އިންނެވެ.

ވިވިއަން ވަނި މީގެ ކުރިން ކައިވެންޏެއް ކޮށްފައިއެވެ. ޑްރާމާ ސިލްސިލާތަކުން ފެނިގެން ގޮސްފައިވާ މާ މަޝްހޫރު ނޫން ބަތަލާއެއް ކަމުގައިވާ ވެހްބިިޒް ދޮރަބްޖީ އާއި ވިވިއަން 2013 ގައި ކުރި ކައިވެނި ނިމުކަށް އައިސްފައިވަނި 2021 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.