ލިންޑްސޭ ލޯހަން އަށް ދަރިއަކު ލިބެނީ

ލިންޑްސޭ ލޯހަން އަށް ދަރިއަކު ލިބެނީ

Author
ފާތިމަތު ނާވީ
30 މާރޗް 2023 08:06
0

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ލިންޑްސޭ ލޯހަން އިނީ އޭނާގެ އަލަތު ދަރިއަށް ބަލިވެ ކަމަށް ބުނެފިއެވެ. މި ކަން އިއުލާން ކޮށް އޭނާ ވަނީ އިންސްޓްގާމްއަށް ޕޯސްޓެއް ދޫކޮށްލައިފައިއެވެ.

މި ޕޯސްޓްގައި ހުދު ކުލައިގެ ތުއްތު ދަރިފުޅުގެ ހެދުމެއްގެ  ފޮޓޯގައި "ކަމިން ސޫން" ލިޔެފައިވެ އެވެ. އަދި ވަރަށް އެކްސައިޓްވެފައިވާ ކަމަށް ލިޔެފައިވެ އެވެ. މީ 36 އަަހަރުގެ ބަތަލާގެ އަލަތު ދަރިފުޅެވެ.

ލިންޑްސީ އާއި ފައިނޭންސަރެއް ކަމުގައިވާ ބޭޑާ ލޯބީގެ ގޮތުން ގުޅުނީ މީގެ ދެއަހަރެއްހައި ދުވަސް ކުރިން ކަމަށް ހަބަރުތަށ ްބުނެއެވެ. އަދި ލިންޑްސޭ މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީ ގައިއެވެ. އަދި ދެ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2021ގެ ނޮވެމްބަރު މަހު އެންގޭޖްކޮށް، މިދިޔަ 2022 ވަނަ އަހަރުގެ އޭޕްރިލް މަހު އެދެމީހުން ވަނީ ކައިވެނި ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Lindsay Lohan (@lindsaylohan)

ލިންޑިސޭ އޭނާގެ ކެރިއަރު ފެށީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައިއެވެ. 1990 ވަނަ އަހަރު އޭނާ ގެ އުމުރުން އެންމެ 11 އަހަރުގައި ވަނީ "ދަ ޕޭރެންޓް ޓެޕް" ކިޔާ ފިލްމް އެއްގައި މަސައްކަތް ކޮށްފައިއެވެ. ނަމަވެސް އެ ފިލްމް ރިލީޒް ވީ 1998 ވަނަ އަހަރުގައިއެވެ.

އެއީ އޭނާގެ ކެރިއަރުގެ ފެށުމެވެ. އޭނާ ވަނި ވަރަށް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިއެވެ. އެގޮތުން "މީން ގާލްސް"، "ފްރީކީ ފްރައިޑޭ"، "ޖޯޖިއާ ރޫލް" އާއި "ހާބީ ފުލީ ލޯޑަޑް" ފަދަ ކާމިޔާބުއަދި މަގުބޫލު ޓީނޭޖް ރޮމޭންޓިކް ކޮމެޑީ ތަށް ކުޅެގެން އޭނާ ވަނީ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދައިފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.