ރެސިޕީ 12: ޓޫނާ ބްރެޑް ޕާރްސަލްސް

ރެސިޕީ 12: ޓޫނާ ބްރެޑް ޕާރްސަލްސް

Author
ފާތިމަތު ނާވީ
28 މާރޗް 2023 08:43
0

ޓޫނާ ބްރެޑް ޕާރްސަލް އަކީ އެކި ގޮތްގޮތަށް ތައްޔާރު ކުރާ އަނަގަޔަށް ވަރަށް މީރު އަދި ވަރަށް އަވަހަށް ތައްޔާރު ކޮށްލެވޭ އެއްޗެކެވެ. ރޯދަ ވިއްލާ ގަޑިއަށް ސުފުރާމަތި ފަޅު ފިލުވައިލުމަށް މިއީ ތައްޔާރު ކޮށްލުމަށް ރަނގަޅު ބާވަތެކެވެ.

ހާއްސަކޮން ބިޒީކޮން އުޅޭ މީހުންނަން މިފަދަ ރެސިޕީ ތަކަކީ ދިރިއުޅުން އިތުރަށް ފަސޭހަ ކޮށްދޭނެ ފަދަ ކަމެކެވެ.

ބޭނުން ވާނެ ތަކެތި:

1 ޕާން ( ކުޑަ)

2 ބިސް

2 ސަމުސާ ތެޔޮ

1/2 ޖޯދު ފިޔާ (ޑައިސްކޮން ކޮށާފައި)

1/2 ޖޯޑު ކެބެޖެ (ޑައިސްކޮން ކޮށާފައި)

1/2 ޖޯޑު ޕެޕާ (ޑައިސްކޮން ކޮށާފައި)

2 ސަމުސާ ޗިލީ ސޯސް

1 ދަޅު މަސް

މިރުސް

ލޮނު

މަޔޮނައިސް

ބްރެޑް ކްރަބްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާން ފޮއްޗެއް ކުޑަކޮށް ރޮށި ދަމާގޮތަށް ދަމައިލާށެވެ. އެއަށް ފަހު ތައްޓެއް ބޭނުން ކޮށްގެން ވައްފޮއްޗެއް މެދުން ކަނޑައިލާށެވެ. އެހެން ތައްޓަކަށް ބިސް އެޅުމަށް ފަހު ރަނގަޅަށް ގަށައިލާށެވެ. ދެން ޕާން ފޮތީގައި ބިހުގެ ކޯޓެއް ލުމަށްފަހު ބްރެޑް ކްރަބްސްގެ ކޯޓެއްލައި ތެލުލާށެވެ.

އެހެން ތެއްޔަކަށް ދެ ސަމްސާ ތެޔޮ އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ތެޔޮ ފޮދު ހޫނު ވުމުން ފިޔާ ކޮޅު އަޅައިލާށެވެ. ފިޔާކޮޅު ވަޅޯ ވުމުން ކެބެޖް އަދި ޕެޕާ ކޮޅާއި މިރުސް އަޅައި ވަޅޯ ކޮށްލާށެވެ. އެއަށް ފަހު މަސްދަޅުން ތެޔޮ ހުސްކޮށްލުމަށްފަހު އެއް ކޮށްލާށެވެ. ދެން ލޮނު ހެޔޮ ވަރުކޮށް ސޯސް ކޮޅު އަޅައިގެން ކައްކައިލާށެވެ.

ކުރިން ތެލުލި ޕާން ފޮތިތައް ދެފަޅިއަށް އެއްވަރަށް މެދުން ކައިފައިލާށެވެ. އެއަށް ފަހު ދެފަރާތުގައި ހިފައި މަޑުމަޑުން ހުޅުވައިލާށެވެ. މި ގޮތަށް ކަފައިލި ދެ ފަޅިވެސް ހުޅުވޭނެއެވެ. މަޔޮނައިސް އަޅައި އެތެރޭގައި ހާކާލުމަށްފަހު ތައްޔާރު ކުރި މަސްގަނޑު އަޅައިލާށެވެ. ބޭނުން ނަމަ މައްޗަށް ސޯސްކޮޅެއް އަޅައިލާށެވެ. މިހާރު ހުންނާނީ ޓޫނާ ބްރެޑް ޕާރްސަލް ތައްޔާރު ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.