ރޯދަމަހުގެ ފުރަތަމަ ދުވަހާއި އަޅާބަލާއިރު، ލުނބޯގެ އަގު ދަށްއްޖެއެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހު، ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށެވެ.
ދެވަނަ ދުވަހު ލުނބޯގެ އަގު ކޮންމެވެސް ވަރަކަށް އުފުލުނު ނަމަވެސް ރޯދަމަހުގެ ދެވަނަ ދުވަހު ލުނބޯ ކިލޯއެއް ލިބެންހުރީ 90 ރުފިޔާއަށެވެ.
އިއްޔެ ބާޒާރުގައި ލުނބޯ ކިލޯއެއް 75 ރުފިޔާއަށް ލިބެންހުރި އިރު، ބާޒާރުގައި މިއަދު ލުނބޯ ކިލޯއެއް ލިބެން ހުރީ 40 ރުފިޔާއަށެވެ. މިއީ ގާތްގަނޑަކަށް 50 ޕަސަންޓް ހެޔޮ އަގެކެވެ.
ބާޒާރުގެ ގިނަ ގޮޅިތަކުގައި ލުނބޯ ހުރި އިރު، ބާޒާރުމަތީ ފިހާރަތަކުގައިވެސް ލުނބޯ ހުރި ފިހާރަތައް ގިނައެވެ.
ކޮމެންޓު ފޮނުވާ