ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ކ.ރަށްފަޅުހުރާގައި ބިދޭސިންތަކެއް ހަމަނުޖެހުމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ ކ.ރަށްފަޅުހުރާ ގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމުގެ މައުލޫމާތު މިއަދު 13:20 ހާއިރު ފުލުހުންނަށް ލިބިފައިވަކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ރަށްފަޅު ހުރާގައި މަސައްކަތްކުރާ ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާފައިވާއިރު، ރަށުން ވަނީ ކޮވިޑް-19އިގެ ބޮޑު ކްލަސްޓާއެއް ފެނިފައެވެ. އެގޮތުން މިހާތަނަށް އެރަށުން 100 އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.
ރަށްފަޅު ހުރާގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންހާފައިވަނީ ކީއްވެގެން ހާމަކޮށްފައިނުވާއިރު މިއަހަރުގެ މެދުތެރޭގައިވެސް ރިސޯޓެއްގެގޮތުގައި ތަރައްޤީކުރަމުން އައި ބ.ބޮޑުފިނޮޅުގައިވެސް މުސާރަ ނުދޭ މައްސަލައެއްގައި ބިދޭސީންތަކެއް ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ