"އިންޝާﷲ" އަށް އައު ތަރިން ލުމުގެ ވިސްނުމެއް ސަންޖޭގެ ނެތް

"އިންޝާﷲ" އަށް އައު ތަރިން ލުމުގެ ވިސްނުމެއް ސަންޖޭގެ ނެތް

Author
ފާތިމަތު ނާވީ
24 މާރޗް 2023 11:24
0

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ވަރަށް ބޭނުންވެ ނަމަވެސް މިހާތަނަށް އަދި މަސައްކަތް ނުނިމި އޮތް ފިލްމް "އިންޝާ ﷲ"  އަލުން ހަދަން ތައްޔާރީތައް ވަމުން އަންނަ ކަމަށް މިދިއަ ހަފްތާގައި ވަރަށް ޑުގަދަކޮން ދެކެވެން ވަނި ފަށައިފައިއެވެ.

އަދި މި ފިލްމް އިން ފެނިގެންދާނީ 90 ގެ މަޝްހޫރު ތަރިންތަކެއް ކަމަށާއި ފިލްމް އަލުން ފެށުމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާކަމަށް ވެސް ވަނީ ބުނެފައިއެވެ. ނަމަވެސް ބޮލީވުޑް ހަންގާމާއިން ބުނީ ސަންޖޭ މި ފިލްމް ހެދުމަށް ބޭނުން ވަނީ އޭނާ ހޮވި ކާސްޓާއި އެކުގައި ކަމަށެވެ. އަދި ފިލްމް އަށް އައު ތަރިން ގެނައުމުގެ ވިސްނުމެއް ސަންޖޭގެ ނެއް ކަމަށްވެސް ވަނީ ބުނެފައިއެވެ.

މި ފިލްމް އަކީ ސަލްމާން ހާން އާއި އެކުގައި ބަންސާލީ ގެނެސްދޭން ބޭނުންވާ ފިލްމް އެކެވެ. މި ފިލްމް ގެ ބައެއް ސަލްމާން އާއި އެކުގައި ބަންސާލީ ޝޫޓް ކުރިވެސް މެއެވެ. ނަމަވެސް މި ފިލްމް އޮތީ ވާނުވާ ގައިއެވެ. އަދި ބަންސާލީ އާއި ސަލްމާން އާއި ދެމެދު މިކަމުގެ ސަބަބުން ކުންޔެއްވެސް ޖެހުން ކަމަށް ވެއެވެ.

ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދަން އުޅުނު ފިލްމު ސަލްމާން ދޫކޮށްލި އިރު، އޭގެ ބަތަލާ އަކީ އާލިއާ ބަޓެވެ. މިދިޔަ އަހަރު ބަންސާލީ ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އަކީ "އިންޝާﷲ" ސަލްމާން ދޫކޮށްލުމުން އެ ފިލްމުގެ ބަދަލުގައި އާލިއާ އަށް ދިން ފިލްމެވެ.

ނަމަވެސް މިހާރު ބެލެވޭ ގޮތުން އަލުން ސަލްމާން އާއި އެކުގައި މި ފިލްމް ކުރިއަށް ގެންދިއުމަށް ދެފަރާތުން އަންނަނީ މަޝްވަރާކުރަމުން ކަމުގައި ބެލެވެއެވެ. އަދި ސުލްހަވެ ސަލްމާން އާއިއެކުގައި ކުރިއަށް ދިއުމަށް ބަންސާލީ ަތއްޔާރަށް ހުރި ކަމުގަިއވެސް ބެލެވއެވެ.

ސަލްމާން ވަނީ ބަންސާލީ އާއި އެކު ކާމިޔާބު ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ ކެރިއަރުގެ ވަރަށް މުހިންމު ފިލްމެއް ކަމުގައިވާ 1999ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް ބަންސާލީއާ އެކުގައި ސަލްމާން ވަނީ "ސާވަރިއާ" އާއި "ޚާމޯޝީ: ދަ މިއުޒިކަލް" ފަދަ މޮޅެތި ފިލްމް ތަކުގައި މަސައްކަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.