ރެސިޕީ 3: ފްރެންޗް ފްރައި ޕިއްޒާ

ރެސިޕީ 3: ފްރެންޗް ފްރައި ޕިއްޒާ

Author
ފާތިމަތު ނާވީ
24 މާރޗް 2023 09:38
0

މިއަދަކީ ރޯދަ މަހުގެ ދެވަނަ ދުވަހުގެ އިތުރުން މިއަދަކީ ހުކުރު ދުވަސްވެސްމެއެވެ. އެހެން ކަމުން އާންމުކޮން ގޭގެ ހުރިހާ މެމްބަރުންވެސް ހަމަވާނެއެވެ. އަދި ހަމަ އެއާއި އެކުގައި ކުޑަކުދިން ވެސް ބަންދު ދުވަހަކަށް ވުމުން ރޯދައަށް ތިބޭނެއެވެ.

މިއަދު މި ގެެނެސްދެނީ ކުޑަކުދިން ގެ މެދުގައި ވަރަށް މަގުބޫލު ވާނެ ފަދަ ރެސިޕީއެކެވެ. ޕްރެންޗް ފްރައި އަދި ޕިއްޒާ ކަމުދާ ބޭފުޅުންނަށް މިއަދު މި ގެނެސްދެނީ ޕްރެންޗް ފްރައި ޕިއްޒާ އެވެ. މީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި ވަރަށް ހިނގާނެ އެއްޗެއް ކަމުގައި ބެލެވެއެވެ.

ބޭނުން ވާނެ ތަކެތި:

1 ޕެކެޓް ފްރެންޗް ފްރައި (ކުޑަ)

1/2 ޖޯޑު ޕިއްޒާ ސޯސް

2 ޖޯޑު މޮޒެރެލާ ޗީޒް

ތައްޔާރު ކުރާނެ ގޮތް: 

އެންމެ ފުރަތަމަ ފްރެންޗް ފްރައި ޕެކެޓް ތެލުލައިލާށެވެ. ހިހޫ ވުމުން ޕިއްޒާ ޓްރޭގައި ޕިއްޒާ އެއް ސިފަވާގޮތަށް އަތުރަމުން ގެންދާށެވެ. ވައްކޮން ދެއެއް ނުވަތަ ތިން ލޭޔާއެއް އަޅާލާށެވެ. އެއަށް ފަހު އޭގެ މައްޗަށް ޕިއްޒާ ސޯސް ކޮޅު އަޅާއި ލާށެވެ. އަދި ރަނގަޅަށް ހުރިހާ ބައެއް ފޮރުވޭނެ ފަދަ ގޮތަކަށް ޗީޒް ކޮޅު ބުރުވައިލާށެވެ. ދެން ބޭނުން ނަމަ މައްޗަށް ޗިލީ ފްލެކްސް އަދި ހާބްސް ކޮޅެއް އަޅައި ޗީޒްތަށް މެލްޓް ވަންދެން ފިހެލާށެވެ. ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ މި ފްރެންޗް ފްރައި މިހާރު ހުންނާނީ ތައްޔާރު ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.