ސައުދީ ސަރުކާރުން ހަދިޔާރު 50 ޓަނުގެ ކަދުރު އަންނަ ހަފްތާގައި ބަހަނީ

ސައުދީ ސަރުކާރުން ހަދިޔާރު 50 ޓަނުގެ ކަދުރު އަންނަ ހަފްތާގައި ބަހަނީ

Author
އަޒްފާ ރަޝީދު
22 މާރޗް 2023 02:45
0

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ރާއްޖެއަަށް ލިބިއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ސައޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު ރަސްމީކޮށް މިއަދު ވަނީ ހަވާލުކޮށްފައެވެ. އަދި އަންނަ ހަފްތާގައި ކަދުރު ބަހަން ފަށާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި އަދަދަކީ އާއްމު ގޮތެއްގައި ސައުދީން ކަދުރު ފޮނުވާ އަދަދެވެ. ނަމަވެސް 2021 ވަނަ އަހަރު ކޮވިޑްގެ ތެރޭގައި ރާއްޖެ އަށް ފޮނުވި ކަދުރުގެ އަދަދު މަދެވެ. އެފަހަރު ފޮނުވީ 25 ޓަނުގެ ކަދުރެވެ.

ކަދުރު ބެހުމުގެ މަސައްކަތް ކުރަމުން ގެންދާނީ އިސްލާމިކް މިނިސްޓްރީއާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.