މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27 ވަނަ ދުވަހާއިހަމައަށެވެ. އެއީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިންނެވެ. މީގެތެރޭގައި އޮންލައިންކޮންނާއި، އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ލުއިފަސޭހަކުރުމަށް، އިސްލާމިކް މިނިސްޓްރީގައި ޑެސްކް ބަހައްޓައިގެން ޚިދުމަތް ދޭނެއެވެ. މި ޚިދުމަތް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އިސްލާމިކް މިނިސްޓްރީ ހޯލުގައި ދެމުންދާނެއެވެ. އަދި ރަމަޟާންމަސް ނިމޭ ހިސާބުގައި ގޮވާމުގެ ބާވަތްތައްވެސް ބަލައިގަންނަން ފަށާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.
ކޮމެންޓު ފޮނުވާ