2 އަހަރު ދުވަހަށް ރައީސް އޮފީހަށް ބޭނުންވާ މައު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

2 އަހަރު ދުވަހަށް ރައީސް އޮފީހަށް ބޭނުންވާ މައު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

Author
އަޒްފާ ރަޝީދު
20 މާރޗް 2023 05:32
0

ރައީސް އޮފީހަށް ބޭނުންވާ މަލުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ރައިސް އޮފީހުގެ އިއުލާނުގައި ބުނެފައިވަނީ އެ އޮފީހުގެ ޚާއްޞަ ބޭނުންތަކަށް ބޭނުންވާ މަލުގެ އިންތިޒާމު، ކުރިޔަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ރައީސް އޮފީހަށް ބޭނުންވާ މަލުގެ އިންތިޒާމު ހުންނަންވާނީ ތިރިކޮށް، އޯވަލް ޝޭޕަށް ކަމަށާއި މަލުގެ އިންތިޒާމު ތައްޔާރުކުރަންވާނީ 3 ދުވަހަށް މޯޅިނުވެ ހުންނަގޮތަށް ތާޒާ ރީތި މަލުން ކަމަށް ބުނެފައިވެއެވެ.

މިއާއިއެކު މިތަކެތި ގެންނަންވާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހާއި، އަންގާރަ ދުވަހުގެ ހަވީރު 4:00 އަށް ކަމަށާއި ކޮންމެދުވަހަކުވެސް ގެންނާނީ، މަލުގެ 3 އިންތިޒާމު ކަމަށް ވެސް ބުނެފައިވެއެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، އިޢުލާނުގައިވާ މެއިލް އެޑްރެހަށް ކުންފުނީގެ ނަމާއި، ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަމާއި، އީމެއިލް އަދި ފޯނު ނަންބަރު މެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 މާރިޗު 26 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 މާރިޗު 29 ވާ ބުދަ ދުވަހުގެ 11:00 އަށް އެ އޮފީހަށް އަންދާސީހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.