ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މިހާރު ހިނގަމުންމިދާ ދައުރަކީ ވޭތުވެދިޔަ 20 އަހަރުދުވަހުގެތެރޭގައި ރާއްޖެ ދުށް، ސިޔާސީގޮތުން އެންމެ ހަމަޖެހުން އޮތް ދައުރުކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ޢަޑާލަތު ޕާޓީގެ ނައިބު ރައީސް މުޙައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަޢުރީފްކުރައްވައި ކުރެއްވި ޓްވިޓެއްގައި އިއާދު ވިދާޅުވީ މިއަދު ރާއްޖޭގެ އިޤްތިޞާދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން އެއް އިއްޤްތިޞާދުކަމަށެވެ. އަޅުގަނޑުމެންނަށް ފެންނަމުންދާ ވަރުގަދަ އިޤްތިޞާދީ ކުރިއެރުން ދެމިއޮތުމަށްޓަކައި ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތައްކަމުގައި އިއާދު ވިދާޅުވިއެވެ.
HEP @ibusolih is presiding over the most politically stable term in the last 20 years. Maldives is one of the fastest growing economies in the world today. Maintaining political stability is paramount for the continuity of the strong economic growth we are witnessing#ibu2023
— Mohamed Iaad Hameed (@iaadMV) March 18, 2023
ފަހަކަށް އައިސް ޢަދާލަތު ޕާޓީގެ އެކި ވެރިން އަންނަނީ ރައީސް ޞާލިޙަށް ތައުރީފްކޮށް ގިނަ ވާހަކަތައް ދައްކަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހަދަން އެންމެ ފުރަތަމަ ނިންމި ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ.