ރައީސް ސާލިހު ހުވަދޫ އަތޮޅުން ސާފު މެޖޯރިޓީއެއް ހޯއްދަވާނެ: ސައުދު

ރައީސް ސާލިހު ހުވަދޫ އަތޮޅުން ސާފު މެޖޯރިޓީއެއް ހޯއްދަވާނެ: ސައުދު

Author
ހުސެއިން
17 މާރޗް 2023 01:40
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ހުވަދޫ އަތޮޅުން ސާފު މެޖޯރިޓީއެއް ހޯއްދަވާނެކަމުހައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ސާލިހު ހުވަދޫ އަތޮޅުގެ ހާލަތު އިންސާނުން ދިރިއުޅެން އެކަށީގެންވާ ފެންވަރަށް ބަދަލު ކުރައްވާފައިވާ ކަމުގައެވެ. މިގޮތުން ފެނާއި، ނަރުދަމާއާއި، ބަނދަރުތަކާއި، އައިސްޕުލާންޓުތަކާއި، ކުޅިވަރު ކުޅޭނެ ތަންތަނާއި، ސިއްޙީދާއިރާގެ އިތުރުން ސުކޫލްތައްވެސް ރައީސް ސާލިހުގެ ދައުރުގައި ހުވަދޫ އަތޮޅުގައި ތަރައްގީވެގެން ގޮސްފައިވާކަމުގައި ސައުދު ވިދާޅުވެފައި ވެއެވެ.

ރައީސް ސާލިހު ހުވަދޫ އަތޮޅު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަމަށް ސައުދު ވިދާޅުވެފައި ވާއިރު، ފާއިތުވެދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް އެންމެ ރަގަޅު ނަތީޖާއެއް ހާސިލް ކުރެއްވިފައިވަނީ ހުވަދޫ އަތޮޅުންކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް ސާލިހު ވިދާޅުވެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނީ ކޯލިޝަނަކާއެކީ ކަމަށެވެ.

މިގޮތުން އެމްޑީޕީން މިހާރުވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއާއި ކޯލިޝަން ހަދާފައެވެ. އެހެންނަމަވެސް ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތު ގަބޫލުނުކުރައްވާ ޖުމުހޫރީ ޕާޓީންވަނީ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ކެނޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން އަދި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.