ރައީސް ޔާމީނައަށް ކުރާ އަނިޔާއާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ބާއްވާ ކަނޑުމަތީގެ ޚާއްސަ އިވެންޓެއް މަދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެެ.
މާދަމާ ބައްވާ ކަނޑުމަތީގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިނީ ހުޅުމާލޭ ފެރި ޓާމިނަލްގެ ދެކުނު ފަރާތުން މެދުރުފަހު 13:30 ގައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވާތާ އެއް އަހަރު ދުވަސް މަދަމައަށް ވާއިރުވެސް އެމަނިކުފާނަށް އިންސާފު ލިބިފައި ނުވާތީ، މިކަމާއި ދެކޮޅަށް މުޅި ރާއްޖޭގައި މާދަމާ މުޒާހަރާ ކުރާނެކަމަށް އިދިކޮޅުން ވަނީ ބުނެފިއެވެ.
ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައި ދިނުމަށާއި، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާއި ގުޅިގެން އިއްޔެ އިދިކޮޅުގެ އިސްބޭފުޅުން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީޕީއެެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ފުލުހުންގެ ކަންބޮޑުވުމަކީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ދުވަސްވަރު މި ފަދަ ހަރަކާތެއް ހިންގުމެވެ. މި ފަދަ އެއްވުންތައް ބޭއްވުމަށް ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށްވެސް ކަންބޮޑުވުމަކަށްވަނީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުތުމުންކަމަށެވެ. ސަރުކާރުގެ އިސްވެރިންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންވަގައިގެން ބޮޑެތި އިވެންޓުތައް ބާއްވާއިރު އެބޭފުޅުން ފުލުަށް ހާޒިރުކޮށް ސުވާލު ކޮށްފައި ނުވާކަމަށެވެ. އެޗްޕީއޭގެ މިންގަނޑަކީ ވަކި ބަޔަކަށް އޮތް ކަމެއްކަމަށްވާނަމަ، މިއީ އިންސާފެއް ނޫންކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިންވެސް ރާވާފައިވާ ގޮތަށް ރައީސް ޔަމީނަށް އިންސާފު ހޯދުމަށް ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރާނެކަމަށެވެ. މިއަދު ޤައުމުގެ ހާލަތު އިންތިހާއަށް ދަށްވެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ހިސާބަށް ދިއުމުން ދިވެހި ރައްޔިތުންނަށް ގޭގައި މަޑުން ތިބެވެން ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. އެއާއެކު، މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އަލަށް ކުރާ މިި ދައުވާތަކާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އެ މަނިކުފާނަށް ވަނީ ދީފައެވެ.
ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ އެމަނިކުފާނަށް ހުކުމް ކުރުމަށް އެއްގަޑި އިރަށް ވެފައި ވަނިކޮށް ފަނޑިޔާރު ބަދަލުކޮށްގެންނެވެ. ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ވަކި ގޮތަށް ހުކުމް ކުރުމަށް ސަރުކާރުން ޕްރެޝަރު ކުރުވިކަމަށެވެ.
ކޮމެންޓު ފޮނުވާ