ރަސްމީ އިއްޒަތުގައި މަރަޑޯނާގެ ޖަނާޒާ ބާއްވައިފި

ރަސްމީ އިއްޒަތުގައި މަރަޑޯނާގެ ޖަނާޒާ ބާއްވައިފި

ގުޅުންހުރި

އާޖެންޓީނާގެ ޑިއޭގޯ އާމަންޑޯ މަރަޑޯނާ ރަސްމީ އިއްޒަތުގައި މިއަދު ވަޅުލައިފިއވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު މަރަޑޯނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ އެގައުމުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ރިޔާސީ ގަނޑުވަރުގައެވެ. މަރަޑޯނާ ވަޅުލާފައި ވަނީ އާޖެންޓީނާގެ މަޝްހޫރު "ބެއްލަ ވިސްޓާ ސިމެޓްރީ" ގައި އޭނާގެ މައިންބަފައިންގެ މަހާނައާ ޖެހިގެންނެވެ. ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ މަރަޑޯނާގެ އާއިލާ އާއި ގާތް ރަހްމަތްތެރިންނަށާއި އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށް އެކަންޏެވެ.

އާޖެންޓީނާގެ އިތުރުން މަރަޑޯނާގެ ކްލަބު ކެރިޔަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރި އިޓަލީގެ ނަޕޯލީގެ ރައްޔިތުންވެސް ވަނީ މަރަޑޯނާއަށް އިހްތިރާމާއި ލޯބި ހާމަކުރުމަށް ފާއިތުވެދިޔަ ދެދުވަހު އެތައް ވަގުތެއް ފަގުމަތީގައި ހޭދަކޮށްފައެވެ.

އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުން އެމީހުން އެންމެ ލޯބިވާ ބަތޮލަށް އެންމެފަހުގެ އަލްވަދާއު ކިޔުމަށް ވެރިރަށް ބުއެނޮސް އައިރިސްގައި ހުންނަ ރިޔާސީ ގަނޑުވަރު ދޮށަށާއި "ބެއްލަ ވިސްޓާ ސިމެޓްރީ" ދޮށަށް އެއްވުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެތައް ހާސް ސަޕޯޓަރުން ހުއްޓުވުމަށް ސަލާމާތީ ބާރުތަކުން ވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފައެވެ.

މަރުވުމާ ހަމައަށްވެސް ފުޓްބޯޅައަށް ހިދުމަތް ކޮށްދިނުމުގައި ކޯޗެއްގެ ގޮތުގައި ހުރި މެރެޑޯނާ މަރުވީ ބުދަދުވަހު އޭނާގެ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *