ވަކި ބޭފުޅެއްގެ މައްސަލަ ބައްލަވާފައިވުމަކީ ވަޒީފާގެ ކުރިއެރުން ނުލިބެންވީ ސަބަބެއް ނޫން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޑރ.އިޔާޒު ވިދާޅުވީ ކޮންމެ ފަނޑިޔާރަކަށް ވީނަމަވެސް އެމީހަކު ބަލާ މައްސަލައެއްގެ ގޮތުން އެމީހަކަށް ވަޒީފާގެ ގޮތުން ލިބެންޖެހޭ ކުރިއެރުން ނުލިބުމަކީ ވެގެންވާނެ ކަމެއް ނޫންކަމަށެވެ.
ވަކި ބޭފުޅެއްގެ މައްސަލަ ބައްލަވާފައިވުމަކީ ވަޒީފާގެ ކުރިއެރުން ނުލިބެންވީ ސަބަބެއް ނޫން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފައިވަނިކޮށް އެ ހުކުމް އިއްވި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ޕީޕީއެމުންއިން ވަނީ މިއަދު ބުނެފައެވެ.
ޑރ.އިޔާޒު ވިދާޅުވީ ޤާޒީއަށް ލިބެންޖެހޭ ކުރިއެރުން ލިބުމުގައި ވަކި މީހަކަށް ކުރާ ހުކުމަކުން އެމީހަކަށް ފަނޑިޔާރުކަމުގައި ލިބެން އޮންނަ ކުރިއެރުން ހޯދުމަށް ހުޅުވާލުމުން ކުރިމަތިލުމުގެ ފުރުސަތު ބަންދު ވެގެން ނުވާނެކަމަށެވެ.
ޤާޟީ އަށް ޕްރޮމޯޝަން ލިބުނީ ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވީމަތޯ؟ ނުވަތަ ހައިކޯޓަށް ފަނޑިޔާރުން ހޯދަންކުރި އިޢްލާނަށް ޖަވާބު ދެއްވާ ކުރިމަތި ލައްވައިގެން އޮންނަ އުޞޫލުތަކުގެ މަތިންތޯ؟ ރައީސް ޔާމީންގެ މައްސަލަ ބެއްލެވީތީ ކުރިމަތިލެއްވުމުގެ ފުރުޞަތު ގެއްލޭތޯ؟
– ޑރ.އިޔާޒު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމް އިސްތިއުނާފު ކޮށްފައިވަނިކޮށް ދަށު ކޯޓުން ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ އަދި ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެއީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައި ވެސް ބެލެވޭ ކަމަށް ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.
ކޯލިޝަނުން ތުހުމަތުކުރި ގޮތުގައި ޔާމީނަށް އެންމެ ފުރަތަމަ ހުކުމް ކުރެއްވި ގާޒީ އަލީ ރަޝީދަށް ވަނީ އެތައް މަންފާއަކާ އެކު ވަޒީފާގެ ކުރިއެރުން ދީފައެވެ. އޭނާ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކޮށްފައި ވަނީ ހުކުމަށް ފަހުގައި ކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
އަހްމަދު ޝަކީލް އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 23، 2003 ގައެވެ. އަހްމަދު ޝަކީލް އަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ޝަކީލް ނުވާރަ އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވިއެވެ. މިވަގުތު އަހްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.
5 Responses
ޔަމީންގެމައްސަލަ. ސަރުކާރިބޭނުންވާގޮތަށް ބަލާ ނިއްމާފިއްޔާ ވަޒީފާގެ.ކުރިއެރުން ލިބޭނެ އަދިލިބޭނެކަމެއް. އެކަމަކުސަރުކާރުބޭނުންނުވާގޮތައް.މައްސަލަބަލާ ނިތްމާފިއްޔާ ކޮންމެވެދް އެއްޗެކޭކިޔާގެން.ވަޒީފާއިން.ވަކިކުރާނެކަން.ޔަގީން ކަންކޮށްފަވެސްހުރީ އެގޮތަށް ފޫބަޒްދާށޭކިޔާފަ ދޮގުހަދާނެކަމެއް.ނެތް އޯކޭ
ރޔާމީންގެ މައްސަލަ ބެލުމަކީ ހުކުމްކުރުމަކީ ވަޒީފާގެ ކުރިއެރުން ނުލިބެންވީ ކަމެއް ނޫންކަމަށް އިޔާޒު ބުނާއިރުގާ ވަޒީފާގެ ކުރިއެރުން ދޭގޮތް ވިސްނާ ނުލެވުމަކީ އިޔާޒުގެ ވަރަށްބޮޑު ފޜލިއާއެއްކަން ސާބިތުވޭ، ކޮންމެ ފަހަރަކު ރޔާމީނަށް މިޣައްދާރު ސަރުކާރުން ބުނާގޮތަކަށް ހުކުމްކޮށް ހުކުންބުނުމާ ވިދިގެން އެފަނޑިޔާރަކަށް މަގާމުގެ ކުރިއެރުންދީ މެޑެލްދިނުމަކީ މި ޣައްދާރު ސަރުކާރުގެ ރިޔާސީވައުދަކަށް ހެދީިމާ އެކަން ބަލައިގަންނާނީ ހަމަ އެކަނި އިޔާޒުމެންކަހަލަ ހަސަދައިން ފޯވެފާތިބި ބަެއްކަން ނޭނގޭ މީހަކު މިހާރަކު ނެތް،
ބައެއްފަހަރަށް ހީވޭ ރޔާމީނަށް ރޔާމީނަށް ގެއްލުންދޭ ބޭނުންވެގެން އުޅެނީ އިޔާޒު އަޑީގާއޮވެގެން އޭޕީގެ ނުފޫޒުހިންގުވާ ބޮދު ޖަރީމާއެއް ހިންގުވަނީ ހަމަ އަޔާޒުމެންނޭ ހަމަ އެގޮތަށް ހީވޭ ސަރުކާރު ހިންގަނީ އިޔާޒުހެންވެސް ޚާއްސަކޮށް ރޔާމީނަށް ގެއްލުމާ ހަލާކު މިދެނީ ހަމަ ސީދާއިޔާޒުގެ ބާރާނުފޫޒުގެ ދަށުން ކަމަށްވެސް، އަދާލަތަކީ ދީނީ އިލްމުގެ ޕާޓީއެއްތޯ ނޫނީ ހަސަދައާ ފިތުނައިގެ ޕާޓީއެއްތޯ؟ މިހެންބުނާން މަޖުބޫރުވީ އޭޕީ ނޫނަސް ކިތަންމެ ޕާޓީއެއް މިގައުމުގާ އެބައޮތް، އެހެނަސް އޭޕީ އިން ރޔާމީނަށް ޖެހިގަނެގެން ހަސަދަބާ މި ބާލާވަރަކަށް އެހެން އެއްވެސް ޕާޓީއަކުން ނޫޅޭ ނުފެނޭ އަޑެއްވެސް ނުއިވޭ.
Thi iyaazskee dhefuhkeherieh vaijehey kolhakah abuves hunna dhana beykalekoa
ޔާﷲމިއިޔާޒެކޭ މިކިޔާ ޖާހިލުމުނާފިގު މުރުތައްދު ފާދިރީފަނާކުރައްވައިފާދޭވެ އާމީން
ރައީސް ސާލިހު ކިތަންމެ ވަރަކައް ފަޑިޔާރުން އެއްކޯޓުން
އަނެކޯޓައް ފަޑިޔާރުން ބަދަލުކުރި އަސް މިފަހަރަކު މިގައުމުގެ
ވެރިކަމަކަށް ދެންނާދެވޭނެ ވެރިކަމުން ހަދާން ނައްތާލަ އިންސާ ﷲ