ކެފޭއަށް ގެއްލުން ދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ކެފޭއަށް ގެއްލުން ދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2023 07:20
0

މިދިޔަމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭ ޖޫސް ޓައިމްނަމަކަށް ކިޔާ ފިހާރައަކަށް ގެއްލުން ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ މަހުގެ 17 ގައި ޖޫސް ޓައިމް އަށް ހެލްމެޓް އަޅައިގެން ވަދެ، މަރުތޭލުން އެ ތަނަށް ގެެއްލުން ދިން މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި، އެ ޒުވާނަކީ ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

މިމައްސަލައިގައި ފުލުހުން ބަލާ ފާސްކުރަމުންދިޔައިރު މީގެކުރިން ހުޅުމާލޭ އެޕާޓްމަންޓަކުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު 7 މީހަކުވެސް ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރި އެޕާޓްމަންޓުން މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން ވަނީ އޭރު ވިދާޅުވެފައެވެ. ހައްޔަރުކުރީ ހުސް ދިވެހިންކަމަށާއި އެމީހުންގެ ތެރޭގައި އަންހެނަކުވެސް ހުންނާނެކަމަށް ފުލުހުން ވިދާޅުއެވެ.

ސޯޝަލް މީޑިއާގައި ދައުރުވީ ވީޑިއޯގައި ފެންނަ ގޮތުގައި 'ޖޫސް ޓައިމް’އަށް ގެއްލުންދީފައިވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ. ގެއްލުން ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.