ރިޔާސީ އިންތިޚާބުގެ މަޝްވަރާތަކަށް އިމްރާން ގާސިމްއާއި ބައްދަލު ކުރައްވައިފި

ރިޔާސީ އިންތިޚާބުގެ މަޝްވަރާތަކަށް އިމްރާން ގާސިމްއާއި ބައްދަލު ކުރައްވައިފި

Author
ހުސެއިން
06 މާރޗް 2023 02:59
0

ކުރިޔަށް އޮތް ރިޔާސި އިންތިޚާބަށް، ރައީސް އިބުރާހިމް މުހައްމަދު ސާލިހުއަށް ތާއީދު ހޯއްދެވުމަށް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ބައްދަލު ކުރައްވައިފިއެވެ.

އަދާލަތު ޕާޓީގެ އިސް ބޭފުޅަކު ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި އިމްރާން ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ސަން އައިލެންޑް ރިސޯޓުގައި ކަމަށެވެ. އަދި އިމްރާން ސަން އައިލެންޑަށް ވަޑައިގެންފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް މައުލުމާތު ދީފައި ވެއެވެ.

އިމްރާންއާއި ގާސިމްއާ ދެބޭފުން ބައްދަލު ކުރައްވާފައިވާކަމެއް އަދާލަތު ޕާޓީންވެސް އަދި ޖޭޕީންވެސް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ. އަދި ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޚަބަރު އޮންލައިނަށް މައުލުމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ވަނީ، ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ގާސިމް އިބުރާހިމް ތާއީދު ކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.

މިއަދު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖުމުހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބުރާހިމް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމެވުމަށް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނަވާފައިކަމާމެދު ޝައްކު ނުކުރައްވާ ކަމުގައެވެ.

ސަރުކާރު ހިންގާ ޕާޓީތަކުގެ ތެރެއިން މިހާތަނަށް ރައީސް ސާލިހާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ހަމައެކަނި ޕާޓީއަކީ އަދާލަތު ޕާޓީއެވެ. ޖުމުހޫރީ ޕާޓީން ބުނެފައިވަނީ އެޕާޓީން ނިންމާނެ ގޮތެއް ކަނޑައަޅާނީ އެޕާޓީގެ ކައުންސިލުން ކަމުގައެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމްއިން ބުނެފައިވަނީ އެޕާޓިން ގޮތެއް ނިންމާނީ ރައީސް މައުމޫނާއި ރައީސް ސާލިހާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުށްފަހު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސުން
މީގައުމުގެ ހަލާކު.