ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު އެޗް.ޑީ.ސީގެ އޯޕަން ޑޭގައި ހުޅުވާލަނީ

ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު އެޗް.ޑީ.ސީގެ އޯޕަން ޑޭގައި ހުޅުވާލަނީ

ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ނިންމާ އެ ފުރުޞަތު 10 މާރިޗު 2023 ވަނަ ދުވަހު ބާއްވާ އޯޕަން ޑޭގައި ހުޅުވާލުމަށް މި އެޗްޑީސީން ނިންމައިފިއެވެ.

މިގޮތުން އަންނަ ހުކުރު ދުވަހު 16:00 – 18:00 އަދި 20:00 – 22:00 އަށް އޯޕަން ޑޭ އަދި މި މަޤާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައި ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މިފަހަރު ހުޅުވާލެވޭ ފުރުޞަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުޞަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އައި.ޑީ ކާޑްގެ ކޮޕީ، ތަޢުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ދިއުމުން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ އުއްމީދަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ލިބިގެން ދިއުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *