ޔޫރަޕާލީގުގައި ރޭ އާސެނަލް ކުޅުނު ނެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރު އެޓީމުން ކަށަވަރުކޮށްފިއެވެ.
އާސެނަލް ރޭ މޮޅުވީ ރަށުން ބޭރުގައި ނޯވޭގެ މޯލްޑްއާ ވާދަކޮށް 3-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގައި މެޗުގައި އާސެނަލްއަށް ލަނޑުތައް ޖަހައިދިނީ ނިކޮލަސް ޕެޕޭ އާއި ރެއިސް ނެލްސަންގެ އިތުރުން ފޯލަރިން ބަލޯގަންއެވެ. ރޭގައި މެޗަކީ ބަލޯގަން އާސެނަލްގެ ސީނިޔާ ޓީމަށް ކުޅުނު ދެވަނަ މެޗެވެ.
މިއީ 2018 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް ހޯދި އާސެނަލްއިން ޔޫރުޕަގު މުބާރާތެއްގައި 2005 ވަނަ އަހަރުފަހުން ގުރޫޕްގައި ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރުއެވެ. ރޭ މިގުރޫޕްގައި އޮސްޓިރިޔާގެ ރެޕިޑް ވއޭނާ ވަނީ ޑަންޑޯކް އަތުން 3-1 ލަނޑުން މޮޅުވެފައެވެ.
މިނަތީޖާ އެކު އާސެނަލް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ ކުޅުނު ހަތަރުމެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މޯލްޑް ދެވަނާގަ އޮތީ ހަ ޕޮއިންޓާއެކު. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ރެޕިޑް ވިއެނާ އޮތީ ތިންވަނައިގައެވެ. ފުލުގަވާ ޑަންޑޯކްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ރޭ މުބާރާތުގެ ގްރޫޕް އެލްގެ އެއް ވަނައިގައި އޮތް ޖަރުމަނުގެ ހޮފެންހައިމް ވެސް ވަނީ ކުޅުނު ހަތަރު މެޗުން މޮޅުވެ މުބާރާތުގެ ދެވަނަބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ރޭ ސްލޮވަން ލިބެރެކް އަތުން 2-0 އިން ހޯދި މޮޅާ އެކު ހޮފެންހައިމް ވަނީ 12 ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ގެންޓް އަތުން 2-0 އިން މޮޅުވި ރެޑްސްޓާ ބެލްގްރޭޑްއެވެ. ރެޑްސްޓާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ސްލޮވަންކަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގެންޓް ފުލުގައި އޮތީ އަދި ޕޮއިންޓެއް ނުލިބިއެވެ.