ވެރިކަމުގެ ބޭނުގައި އެމް.ޑީ.ޕީ ނުވަތަ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙާއެކު ހަދާނެ ޑީލެއް ނެތް ކަމުގައި އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ "ނާޒިމް ބުނަނީ ކީކޭ؟" ނަމުގައި މިރޭ އެމް.އެން.ޕީން ބޭއްވި ކްލަބް ހައުސް އިވެންޓުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި އިވެންޓުގައި ނާޒިމް އާއި ސުވާލު ކުރެވުނީ ނާޒިމްއަކީ މި ސަރުކާރުގެ ޕާޓްނަރ އެއްކަމުގައި، ބައެއް މީހުންނާއި އަދި ސަރުކާރު ތެރެއިންވެސް އެ އަޑު އިވޭކަމަށެވެ. އެ އަޑުތަކުގެ ތެރޭގައި އެމް.އެން.ޕީ. އަކީ ރައީސް ސޯލިހުގެ ހިޔަނީގައި އޮންނަ ޕާޓީއެއް ކަމަށާއި، އެމް.ޑީ.ޕީ އާ ކޯލިޝަން ހަދާނެ ކަމުގެ އަޑުވެސް އިވެމުންދާކަމަށެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެ، ވަކި ޕާޓީއެއް ހަދަން މެދުވެރިވީވެސް، ޖޭޕީ ސަރުކާރުގެ ކޯލިޝަންގައި އޮތުމުން ސަރުކާރުން ކިތަންމެ ގޯހެއް ހެދިޔަސް، އެއްޗެއް ބުނެވެން ނޯންނާތީ ކަމުގައެވެ. ކޯލިޝަނާ ބެހޭ މައްސަލައިގައި ނާޒިމް އިތުރަށް ވިދާޅުވީ، އެމް.އެން.ޕީ އަކީ ވަކި އުޞޫލުތަކެއް ހިފަހައްޓާ ޕާޓީއެއްކަމަށާއި އަދި އެ ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި އެމް.ޑީ.ޕީގެ ސިޔާސަތުތަކާ ދިމާނުވާކަމާއި އަދި އެހެންކަމުން، ވެރިކަމުގެ ބޭނުމުގައި ޤައުމީ ބޮޑެތި މައްސަލަތަކުގައި ޤައުމަށް ގެއްލުންވާނޭ ފަދަ ސިޔާސަތެއްގައި ބައިވެރިނުވާނޭ ކަމުގައެވެ.
އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ހިނގައްޖެނަމަ، އެމް.އެން.ޕީ. ގެ ސިޔާސަތުތަކާ އެކީ މަސައްކަތް ކުރާން ތިބި ބަޔަކާއެކީ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމުގައެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނޭ ކަމަށާއި އަދި ޤައުމުގެ މިނިވަންކަމަށާއި އަދި ރައްކާތެރިކަމަށް ގެއްލުންވާ ވަރުގެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނޭ ކަމަށެވެ. ކްލަބްހައުސްގެ އިތުރުން އެމް.އެން.ޕީ. ގެ ފޭސްބުކް ގައިވެސް މި އިވެންޓް ވަގުތުން ދައްކާފައިވެއެވެ.ނާޒ
ކޮމެންޓު ފޮނުވާ