ޓޮޓްނަމް ކޮލިފައިވުމަށް ޕޮއިންޓަކާ ގާތައް

ޓޮޓްނަމް ކޮލިފައިވުމަށް ޕޮއިންޓަކާ ގާތައް

ގުޅުންހުރި

ޔޫރަޕާ ލީގުގައި ރޭ ކުޅުނު މެޗު ޓޮޓްނަމް އިން ކާމިޔާބުކޮށް މުބާރާތު ދެވަނަ ބުރަށް ކޮލިފައިވަމާ ފިޔަވަޅަކާ ގާތައް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޓޮޓްނަމުން ކާމިޔާބުކުރީ ބަލްގޭރިޔާގެ ލުޑްގޮރެޓްސް ރަޒްގާޑްއާ ވާދަކޮށް 4-0 ލަނޑުންނެވެ. މެޗުގައި ޓޮޓްނަމްއަށް ކާލޯސް ވިނިޝިއަން ދެލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ހެރީ ވިންކްސް އާއި ލޫކަސް މޯރާއެެވެ. މި ސީޒަންގައި އަލަށް ޓޮޓްނަމްއާ ގުޅުނު ވިނިޝިއަސް ވަނީ ހުސްވި ސީޒަންގައި ކުރީގެ ކުލަބް ބެންފީކާއަށް 24 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ސީޒަންގައި މުބާރާތުގައި ވިނިޝިއަސް ވަނީ ޓޮޓްނަމް ހަތަރު ލަނޑު ޖެހުމަށް ހިއްސާވެފައެވެ.

ރޭގެ މެޗުގައި ލުޑްގޮރެޓްސް އިން މާ ރަނގަޅު ކުމެއް ނުދެއްކުނު އިރު އެޓީމުން ވަނީ އެންމެ ހަމަލާއެއް ވެސް ޓޮޓްނަމް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ 2018 ވަނައަހަރުފަހުން ހުރިހާ މުބާރާތެއް އެއްކޮށް ސީޒަންގެ ވިދިވިދިގެން ޓޮޓްނަމް މޮޅުވި ފަސްވަނަ މެޗެވެ. ޔޫރަޕާ ލީގު ރީބްރޭންޑް ކުރިންފަހުން މުބާރާތުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ކުޅުނު 26 މެޗުން ޓޮޓްނަމް ވަނީ 25 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭގައި މި ގުރޫޕްގައި ލާސްކް އާއި ރޯޔަލް އެންޓްވާޕް ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ އެންޓްވާޕްއެވެ. މި ނަތީޖާއެކު އަންނަ ބުރާސްފަތި ދުވަހުގެރޭ އޮސްޓިރިޔާގެ ލާސްކް ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ޓޮޓްނަމްއަށް މުބާރާތުގެ ދެވަނަބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ.

ރޭގެ ހޯދު މޮޅާއެކު ޓޮޓްނަމް އިން ވަނީ ހަތަރުމެޗުން 9 ޕޮއިންޓް ހޯދައިފައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އެންޓްވާޕް ކުރީގަ އޮތީ ހެޑްޓޫ ހެޑުން ކުރި ހޯދައިގެންނެވެ. ލާސްކް އަށް ލިބެނީ 6 ޕޮއިންޓެވެ. ލުޑްގޮރެޓްސް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *