އިންޑިއާ ރިހެބުން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

އިންޑިއާ ރިހެބުން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2023 02:15
0

އިންޑިއާގެ ބެންގަލޫރުގެ ރިހިބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ގެއްލުނު ދިވެހި ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ހދ. ކުޅުދުށްފުއްޓަށް ނިސްބަތްވާ 37 އަހަރު އާލިމްއެވެ. އާލިމްގެ މިދޔަ އަހަރުގެ ޑިސެމްބަރު މަހުގު އަށް ވަނަ ދުވަހުގައެވެ. އަދި އެ ދުވަހުގެ ހެނދުނު އޭނާ ހިނގާލަން ރިހެބްއިން ބޭރަށް ދިއުމަށް ފަހުގައި އަނބުރާ ނާންނަ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ފުލުހުން މިއަދު ބުނީ އިންޑިއާގެ ރީހެބުން ގެއްލުނު ކަމަށް ބުނާ ދިވެހި ޒުވާނާ ފެނިފައިވާ ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރިހިބިލިޓޭޝަން ސެންޓަރުންނާއި، ބެންގަލޫރު ފުލުހުން ވެސް ވަނީ އާލިމް ހޯދުމުގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން އާލިމްގެ އާއިލާއިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ފޮރިން މިނިސްޓްރީއަށް ވެސް އާލިމް ގެއްލިގެން އުޅޭކަން އަންގައި، އެހީއަށް އެދިފައެވެ.

އާލިމް ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތާމް
ކޮން ޒުވާނާ އެއަތަ؟ 37 އަހަރު ވީމަވެސް 18 އަހަރާ 35 އަހަރާ ދެމެދު ތިބޭނީ ޒުވާނުން