މާލޭގެ ފިހާރައަކަށްވަދެ މިރޭ ހިންގި މާރާމާރީއެއްގައި ފިރިހެނެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ފިހާރައަކަށް ވަދެ މީހަކަށް ތޫނު އެެއްޗަކުން ހަމަލާދީފައި ވާތީ، ހާދިސާ ހިނގި ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަނިޔާވި ފިރިހެން މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ރައްދުވި މީހާގެ އުނަގަނޑުގައި ވެސް ވަޅިއެއް ހަރުކޮށްފައި އޮންނަ ތަން ފެނެއެވެ. އެހެންކަމުން މިއީ ދެ ގޭންގެއްގެ ދޭތެރޭގައި ހިނގި ހަމަނުޖެހުމެއް ކަމަށް ބެލެވެއެވެ.
ހަމަލާ ދިން ކްރާސާ ފިހާރައިގެ ކޭޝިއަރު އެވަގުތު ވަނީ ސަލާމަތް ވާން ވެގެން ކުރިމަތީގައި ހުރި މަރުހަބާ ފިހާރައަށް ވަދެއެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެސް އޮތީ ހަބަރު ހުސްވެފައެވެ.
One Response
މިހާރު މިގައުމެކޭ އިޒުރޭލެކޭ ތަފާތެއްނެތް، މީތޯ މިމައްކާރު ސަރުކާރުން އެބުނާ ސާޅީސް އަހަރު ނުވި ކަންތައްތަކަކީ؟ ފާޑުފާޑުގެ ސަޅިބައިސާ ކަނޑަމުން ދުވާއިރު ގައމުގެ ހާލަތާމެދު ގައުމުގރ ރައިއްޔަތުންނާމެދު އެއްމެ ފަހަރަކުވެސް ވިސްނާލިންތޯ؟ މިހާރު މިހުންނެވީ މާބޮޑަށް މީހުންނަށް އޯގާތެރި އެންމެނާ ގުޅޭ މާއެކުވެރި ހިތްތިރި ހިތްހެއޮ އޯގާތެރި މަޑުމައިތިރި އެންމެންގެ އަޑުއަހާ އެންމެން އެކުވެރި ކޮށް މާކުޅަދާނަ ވިސްނުމެއް ގެންގުޅޭ ފަހި ފެހި ވެރިއެކޯ، އެހާ ފުރިހަމަ ވެރިކަމެއްގާ ކޮންމެ ގޮތެއްވަރިހަމަ ހެދިގެން ހުރީމާ އެ ޖެހުނީ ކޮންތާކުބާ! ފުރިތާގަވެސް ނުޖެހުނެއް ނޫންތޯ،
އެއްވެސް ކަމެއްގެ ޒިންމާ ނުނަގާ އެއްވެސްކްމެއް ފެނުނަސް ނުފެންނަ ކަމަށް ހަދާލައިގެން އުޅެންޏާ ވަރަށް އުޅެން ފަސޭހަވާނެ އަދި މީހުނަށްވެސް ވަރަށް އުޅެން ފަސޭހަވާނެ، ނަމަވެސް އާޚިރުގާ އެތަނެއް ބޮއްސުންލާ ފަނާވާކަށް މާގިނަ ދުވަހެއް ނުވާނެ، މިހާރު މިގައުމުން މިފެންނަނީ އެ މަންޒަރުތައް.
ޙަސްބުނަﷲ ވަނިޢުމަލްވަކީލު.