ގެސްޓްހައުސްގައި ބިދޭސީ އަންހެނަކާއިއެކު ޖިންސީ ގުޅުން ހިންގަން އޮއްވާ ހައްޔަރުކުރި ދިވެހި މީހާ ކޯޓުން ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އިއްޔެ ރޭ މާލޭގެ ގެސްޓްހައުސްއަކުން ހަތަރު މީހަކު ހައްޔަރު ކުރިއެވެ. އެއީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީގެ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން މިއަދު ވިދާޅުވީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދިވެހި ފިރިހެން މީހާ ކޯޓުން ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއި ބިދޭސީ ދެއަންހެނުންގެ ބަންދަށް ކޯޓުން ދިނީ އެންމެ ދުވަހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހަށި ވިއްކުމާއި އިންސާނީ ވަގު ވިޔަފާރީގެ މައްސަލަތަކުގައި މިދިޔަ 2022 ވަނަ އަހަރު އެކަނިވެސް 32 މީހަކު ހައްޔަރުކޮށް 28 މީހަކު ޑީޕޯޓްކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ