ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ކަމަށްކުރިމަތިލައްވާ ޝާހްގެ އުއްމީދަކީ، ޖުމުހޫރީ ދައުރެއްފަށާ، މާމޮޅު މާދަމައެއް، ހާއުފާ ކުރިމަގެއް، އެކުވެގެން އެކުއެކީ ހޯދާ ބަދަހި މުޖުތަމައުން، އެފެދޭ ފުއްދުންތެރި ހަކަތަހުރި ޖީލަކަށް، އާއްމު މީހާ އުފަލުން ނަށާލާ، ހަމަޖެހި ތަރުތީބުވެލާ، ރަތުން މުޅި ރާއްޖެފަވަން، ފުރުސަތެއް ދެއްވުމެވެ.
ޟާހުގެ ކެންޑިޑޭޓް ނަންބަރ އަކީ 12 އެވެ. މައްޝޫރު 12 މެމްބަރުން ތެރޭ ހިމެނޭ ޝާހު އެދެނީ ކެންޑިޑޭޓް ނަންބަރ 12 އަށް ޖުމްހޫރީ ޕާޓީގެ ޑެޕއުޓީ ލީޑަރ ކަމަށް ވޯޓެއް ދިނުމެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރުކަން 19 ވަނަ ރައްޔިތުން މަޖުލީސްގައި އަދާކުރެއްވި އަލީ ޝާހު އަކީ ސިޔާސީ މަސައްކަތުގައި އަބަދުވެސް ހީވާގި އުފެއްދުންތެރި މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވުނު މެމްބަރެކެވެ. ސާފުކޮށް ފެނިވަޑާގަންނަވާ ގޮތެއް ބަޔާންކުރާއްވާ ބޭފުޅެކެވެ. މަޖުލީހުގެ އެދައުރުގައި ގިނަ މައްސަލަތަކުގައި ބަހުސް ކުރައްވި އަދި މުހިއްމު އިސްލާހުތަކާއި ބިލުތައް މަޖްލީހަށް ހުށަހެޅުއްވި ބޭފުޅެކެވެ.
ޝާހުގެ ފާހަގަ ކޮށްލެވޭ ބައެއް މަސައްކަތުގެ ތެރޭގައި ޕޭކޮމިޝަން ބިލާއި އިސްލާމިކް ޔުނިވާސިޓީ އަށް ގާނޫނުން ބާރު ދިނުމަށާއި ފިގުހު އެކަޑަމީއެއް އުފެއްދުމަށް މަޖްލީހުގައި ކުރެވުނު މުހިއްމު މަސައްކަތުގައި އިސް ސަފުގައި ބައިވެރިވިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމު އިބްރާހިމާއެކު އިސްލާހީ މަސައްކަތުގައި ބައިވެރިވި 12 މެމްބަރުންގެ ތެރޭ ހިމެނޭ ޝާހް ވަނީ ސިޔާސީ ގޮތުން އެމަނިކުފާނާއި އެކު ބޮޑެތި ގުރުބާނީ ތަކެއްވެފައެވެ. މީގެ ތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، ރައީސް ޔާމިންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ކުރިޔަށްދިޔަ އިސްލާޙީ މަސައްކަތުގައި ޝާހު އަދާ ކޮށްފައިވާ ދައުރެވެ.

އެހެންނަމަވެސް، އިސްލާހީ މަސައްކަތުގައި، މަޖިލީހުގެ އޭރުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޝާހު ސޮއިކުރުމާއި ގުޅިގެން މަޖްލީސް ގޮޑި ގެއްލިއްޖެކަމަށް ނިންމާ، އޭރުގެ ސަރުކާރުން، ޝާހު މަޖިލީހަށް ވަމުނަށް ހުރަސް އެޅިއެވެ. ރައްޔިތުން ހަވާލުކުރި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ގެއްލުވާލިއެވެ. އޭގެ އިތުރުން، ޝާހު އަދާކުރައްވަމުން ގެންދެވި، އޭރު އިންތިޚާބުވެފައިވާ އެފް އޭ، އެމްގެ އެކްސްކޯ މެމްބަރުކަންވެސް ގެއްލުވާލިއެވެ.
އިސްލާހީ މަސައްކަތުގައި ޝާހު އަދާކުރައްވަން ފެއްޓެވި މަސައްކަތްތަކާއި، ނެންގެވި ރިސްކުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިމަތިވެގެންދިޔަ ސިޔާސީ ޕްރެޝަރާއި، އަމިއްލަ ޖާނަށް ކުރިމަތިވެގެންދިޔަ ނުރައްކާތަކާއެކު، ދިރިއުޅުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައްވާ ރާއްޖެއިން ބޭރަށް އަރުވާލެވިގެން އަނބިދަރިންނާއި ދުރުގައި ހުއްނަވަން ޝާހުއަށް މަޖުބޫރު ވެގެން ދިޔައެވެ.
އޭގެ އިތުރުންވެސް ޝާހުއާއި ގުޅުން ހުރި ވިޔަފާރިތައް ކަމަށް ބަލާ، ޝާހުގެ ބައެއް ރައްޓެހިންނާއި އާއިލީ ވިޔަފާރި ތަކައްވެސް އޭރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހުނެވެ. ފުލުހުންނާއި ދައުލަތުގެ ބައެއް އިދާރާތަކުން އެތަން ތަނަށްވަދެ އޮފީސްތައް ބަންދުކުރިއެވެ. ވިޔަފާރިއާއި ބެހޭ ލިޔެކިޔުންތަކާއި އެތަންތަނުގެ ސިސްޓަމްތައް ގެންދިޔައެވެ. އެހެންނަމަވެސް، މި ހުރިހާ އަނިޔާވެރިކަމާއި، ބޭއިންސާފާއި ގޮންޖެހުންތަކުގެ ކުރިމަތީގައި ހައްގުގެ މަގަށް ވަކާލާތުކޮށް، ނާއިންސާފާއި ދެކޮޅަށް ކުރަމުން އައި މަސައްކަތަކުގައި، ކުޑަ ތަންކޮޅަކަށްވެސް ޝާހު ފަހަތައް ޖެހިވަޑައެއް ނުގަންނަވައެވެ. ސާބިތުމަކާއެކު ދެމި ހުންނެވީ ހައްގުގެ މަގަށް ވަކާލާތު ކުރެއްވުމުގައެވެ.
އާއިލާއަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ލިބެމުން ދިޔަ ގެއްލުމުގެ ވަގުތުގައިވެސް ކެތްތެރިކަމާއި، އިޚްލާސްތެރިކަން އިސްކޮށް، ޝާހު ދެމިހުންނެވީ ރައްޔިތުންނާއި ގައުމަށް ޚިދުމަތް ކުރުންމަތީއެވެ.

ފަހުގެ ތާރީޚެއްގައި ގައުމަށް ކުރިމަތިވި އެންމެ ބިރުވެރި ހާލަތުގައި، ޖުމުޙޫރީ ޕާޓީގެ ލީޑަރާއި ރާއްޖޭގެ އޭރުގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާއި އަދި އެކުގައި މަސައްކަތް ކުރެއްވި ބައެއް މަޖްލީސް މެމްބަރުން ޖަލު ބަންދުވެ ސިޔާސީ ގޮތުން އެބޭފުޅުންނަށް ތާއީދު ކުރައްވާ އާއްމު ރައްޔިތުން މާޔޫސްވި ވަގުތު، އަނިޔާއާއި ބިރާއި ކުރިމަތި ލުން ނޫންގޮތެއް ނެތްކަމަށް ދެކި، އޭރު އަރުވާލެވިގެން ތިއްބެވި ބައެއް އެހެން މަޖްލީސް މެންބަރުންނާއިކު މާލެ ވަޑައިގެން އެ ހަރަކާތުގައި އެންމެ އިސްސަފުގައި ޝާހު މަސައްކަތް ކުރެއްވީ، ނުހަނު ބިރުވެރި މާހައުމަށް އޭރު ނޭވާލާން ޖެހުނު ނަމަވެސް، އެނޫން ދުވަހެއް ފެނާނޭކަމުގެ ވަރުގަދަ އަޒުމުގައެވެ.
މިއަދު ރާއްޖެ މިދެކޭ ސުލްހަ މަސަލަސް ކަމާއި، ނެތިގެން ގޮސްފައިވާ އެ ބިރުވެރިކަމަކީ، ދޫނުނީ، އެދުވަހު ކުރި މިންނެތް މަސައްކަތުގެ ނަތީޖާކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ބިރަކާނުލާ ފުލުހުންގެ ހައްޔަރަށް ދާންޖެހުނަސްމ މުޒާހަރާގައިވާ އަނިޔާ އަކަށް ޖެހިލުމެއްނެތި ސާބިތުވެ ޝާހު އޭރު ކުރީ ސަފަށް ނިކުންނެވީ، އެތައް މަސައްކަތަކުން ދިވެހިން ދިއްލި ޑިމޮކްރަސީގެ ހުޅުކޮޅު ނިވިގެން ދިޔަ ނުދިނުމަށްޓަކައެވެ.
އިސްވެ ދެންނެވުނު، ގޮންޖެހުންތަކާއި، ލިބުނު އަނިޔާތަކާއި، ވީ ގުރުބާނީތަކުގެ އިތުރުން، ޝާހުވަނީ، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އުފެއްދި މެނިފެސްޓޯ އެކުލަވާލުމަށާއި ބައެއް ސިޔާސަތު އެކުލަވާލުމުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން، ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އޭރު އުފެއްދި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް، ރާއްޖޭގެ އެތައް ރަށަކަށް ދަތުރު ކުރައްވާ، ކެމްޕޭނުގައި ޝާހު އިސްދައުރެއް އަދާކުރެއްވިއެވެ.

އަދި ގުޅިފައިވާ ޕާޓީތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމާއެކު، އިންޓަރިން ބައެއް ކޮމެޓީތަކުގައި އިސްދައުރެއް ޝާހު އަދާކުރައްވާފައި ވެއެވެ. ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ އޭރު ރައީސަކަށް ހުއްނެވި ޖުމުހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބިރާހިމްގެ އިރުޝާދުގެ ދަށުން މާލިއްޔަތު ކޮމެޓީއާއި ބައެއް އެހެނިހެން މުހިއްމު ކޮމެޓީތަކުގައި ބައިވެރިވެ ވަޑާގެން މުހިއްމު މަސައްކަތެއް ކުރެއްވިއެވެ.
ހިއުމަން ރިސޯސް މެނޭޖުމެންޓްން ޑިޕްލޮމާ ހާސިލް ކުރެއްވުމަށް ފަހު ،ބިޒިނަސް އެޑް މިނިސްޓްރޭޝަން އިން މާސްޓަރސް ފެންވަރަށް ތައުލީމު ހާސިލް ކުރައްވާފައިވާ، ޝާހު އަކީ 20 އަހަށްވުރެ ގިނަދުވަހު ދައުލަތުގެ އެކި މަގާމުތައް މަސައްކަތް ކުރައްވާ ހިންގުމުގެ ދާއިރާގެ ގިނަ ތަޖުރިބާ ހާސިލް ކުރައްވާފައިވާ ޒުވާނެކެވެ.
މިގޮތުން، ޝާހު އެންމެ ފުރަތަމަ ދައުލަތަށް ޚިދުމަތް ކުރައްވާން ފައްޓަވާފައިވަނީ އުމުރުން އެންމެ 19 އަހަރުގައި ކަސްޓަމްސްގެ އޮފިސަރެއްގެ މަގާމުންނެވެ. އެއަށްފަހު، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަގާމްތަކުގައި ރަށާއި ގައުމަށް ޚިދުމަތް ކުރުމުގައި ޝާހުވަނީ 8 އަހަރު ދުވަސް ހޭދަ ކޮށްފައެވެ. ތައުލީމީ ދާއިރާއާއި ޕްރައިވެޓް ކުންފުނިތަކުގެ ބިޒިނަސް އެންޑް ހިއުމަންޑިވެލޮޕިން ކޮންސަލްޓެންސީގެ ތަޖުރިބާ ލިބިލައްވާފައިވާ، ޝާހުއަކީ ހުރިހާއުމުރަކާ ވެސް ގުޅޭ ބޭފުޅެކެވެ، ސާދާ ސީދާ މިޒާޖެއްގެ ބޭފުޅެކެވެ.
މީގެ އިތުރުން ޝާހުގެ މަދުރަސީ ދައުރަކީވެސް، އޭނާގެ ތަބީއަތުގައި ވާ، އިސްނެގުމާއި، އަނެއްކުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގާއި ރޫހު ވަރަށްވެސް ފުރިހަމަޔަށް ތަމްސީލުވެން ދިޔަ ދުވަސްތަކެކެވެ.
މިގޮތުން، ޝާހު ޕްރައިމަރީ ތައުލީމު ހާސިލް ކުރެއްވި ފުއައްމުލަކު ޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ސްކޫލް ކެޕްޓަންކަމާއި، ސާނަވީ ތައުލީމު ހާސިލްކުރެއްވި ޏ. އޭއީސީގެ ގޭމުސް ކެޕްޓަންކަމާއި، ސްކައުޓް އެއްމެ އިސް ލީޑަރގެ މަގާމު މަދުރަސީ ދައުރުގައި ފުރުއްވާފައި ވެއެވެ.
ޖެހިޖެހިގެން ވާހަކަ ދެއްކުމުގެ މުބާރާތްތަކުން އެއްވަނަ ހޯއްދެވުމާއި، އިންޓަސުކޫލް އެތުލެޓިކްސް މުބާރާތްތަކުން ރަންމެޑެލް ހޯއްދެވުންފަދަ، ފުރިހަމަ ކާމިޔާބީތަކެއް ޝާހުވަނީ އޭނާގެ މަދުރަސީ ދައުރުގައި ހޯއްދަވާފައެވެ.
މީއިތުރުންވެސް ފުވައްމުލަކުގައި ބޭއްވުނު ފުރަތަމަ އޯޕަން ބެޑްމިންޓަން މުބާރާތުގެ ޗެމްޕއަންކަން ހޯއްދެވުމާއި، ކަސްޓަމުސް ފްޓުބޯޅަ ޓީމުގައި ހިމެނި އިންޓަރ އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ހޯއްދެވުވަމީ ކުޅިވަރުގެ މައިދާނުގައި ޝާހު ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ބައެއް އުސް އަލިތަކެވެ. ޝާހުގެ މެނޭޖަރ ކަމުގައި ފުވައްމުލަކު ދަޑިމަގު ޒުވާނުންގެ ޖައްމިއްޔާ އަތޮޅު ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވެއެވެ. އޭގެ އިތުރުން، ދަޑިމަޑު ރަނިން އަތޮޅު އަންހެން ވޮލީ މުބާރާތާއި ޒޯން މުބާރާތުގެ ޗެމްޕުއަންކަން ހޯދުންވެސް ހިމެނެއެވެ.

ސިޔާސީ ކަންކަމުގައި ބޮޑެތި ގޮންޖެހުންތަކާއި ބޮޑެތި ޤްރުބާނީތަކާއި ގިނަ ތަޖްރިބާއާއެކު މިއަދު ޝާހު ބޭނުންފުޅުވަނީ ރާއްޖޭގައި އޮތް އެންމެ ދޮށީ އެއް ޕާޓީ ކަމުގައިވާ ޖުމުހޫރީ ޕާޓީގެ ސިޔާސީ ޕްލެޓް ފޯމުގައި ގައުމަށް ޚިދުމަތް ކުރައްވާށެވެ. އެޕާޓީގެ ތަޖުރިބާހުރި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި، އިސްލާހީ މަސައްކަތުގައި ދެމި ހުންނަވާށެވެ.
ޖުމުހޫރީ ޕާޓީގެ ކުރިޔަށް އޮތް ކޮންގްރެސްގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަށް ޝާހު ކުރިމަތިލައްވަނީ، 12 އަކީ އޭނާގެ ހަޔާތާއި ގުޅިފައިވާ ގިނަ ހަދާންތަކެއް ގެނެސްދޭ ނަންބަރަކާއި އެކީގައެވެ. މިއީ އިއްތިފާގެކެވެ. ޝާހް ގެ ކެންޑިޑޭޓް ނަންބަރަކީ 12 އެވެ. އަލި ވިލިގެންދާ، ޖުމުހޫރީ ޕާޓީގެ އާ ދައުރަށް، ޝާހުއަށް ވޯޓު ދެއްވާށެވެ. ޒުވާންކަމުގެ ހަކަތައާއެކު، ޕާޓީއާއިގެ ކުރިޔަށް ވަޑައިގަތުމަށް ޝާހު ހުންނެވީ ކަމަރު ބަންނަވައިގެންނެވެ.
ކޮމެންޓު ފޮނުވާ