ދައުލަތުން ބޮޑެތި ވައްކަން ނުކޮށް، ޤައުމު މިހާލަތަށް ގެނައީ ރައީސް ޞާލިހު: ސައުދު

ދައުލަތުން ބޮޑެތި ވައްކަން ނުކޮށް، ޤައުމު މިހާލަތަށް ގެނައީ ރައީސް ޞާލިހު: ސައުދު

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2023 01:50
0

ދައުލަތުން ބޮޑެތި ވައްކަން ނުކޮށް، ދިމާވި އިޤްތިޞާދީ ހާލަތްތަކުން އަރައި ގަނެ ރާއްޖެ މިހާތަލަށް ގެނެސްދެއްވި ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމުގައިި ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަފާ ދިނުމަށް މަޖިލީހުން ފާސް ކުރުމުން އެކަމަށް އަމަލު ނުކުރާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

މިޤަރާރުގެ ބަހުސް މަރުހަލާގައި ސައުދު ވިދާޅުވީ ރާއްޖެ އިންތިހާއަށް ދަރަނިވެރިކޮށްލާފައި އޮތް ދަނޑިވަޅެއްގައި ޤައުމުގެ ރިޔާސަތާއި ހަވާލުވެ އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް މިޤައުމު ހެދީ ރައީސް ޞާލިހު ކަމަށެވެ. ކޯވިޑާއި، ރަޝިއާއި ޔޫކްރެއިން ހަނގުރާމައާއި އެކުވެސް އިޤްތިޞާދީ ގޮތުން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ މިއަދުގެ މިހާތަލަށް ޤައުމު ގެނެސްދެއްވީ ރައީސް ޞާލިހުކަމަށް ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ކަމަށްވިދާޅުވެ ޤަރާރެއް ހުށަހަޅުއްވައިގެން އުޅެނީ ޕާޓީ ތެރެއިންނާއި، އާއިލާގެ ތެރެއިން އުފެދިފައިވާ ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށެވެ. މިޤަރާރަކުން ހުސް ވާހަތަކެއް ދެއްކުމުގެ ބަދަލުގައި ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތްކަމަށް ސައުދު ވިދާޅުވިއެވެ. މަޖިލިސް ތެރެއިން ކުރެވޭ މިފަދަ ކަންކަމުގައި ނަތީޖާ އަކާއި ހަމައަށް ދެވޭނެ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް ހަމަ މިސްރާބަކަށް ގެންގޮސްފައިވަނީ ދައުލަތުން ބޮޑެތި ވައްކަން ނުކޮށް، ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކޮށްދެމުންކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ.

އީވާގެ ގަރާރަށް ބަހުސް ކުރައްވަމުން ނަޝީދަށް ތާއިދު ކުރާ މެންބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް މިއަދު ސަރުކާރަށް އަމާޒުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަމީން
ސައުދު ތިވާހަކަ ދައްކަން މާ ތާހިރެއް ނޫން، ގއ.ވިލިނގިލީ ރައްޔިތުންގެ ތާއިދު ނެތް މަނިކުފާނަށް މިހާރަކު، ޔާމިނުގެ ވެރިކަމުގަ ނެގި ފައިސާއިން އެޅި ތެޔޮ ޕޮއިންޓު ފެންނަން އެބަހުރި، މި ވެރިކަމުގައި ކޮންމެ މަޖިލީސް މެންބަރަކަށް މިލިޔަނުން ސަރުކާރުން ހިންގާ ތަރައްގީގެ ޕުރޮޖެކުޓް، މިކަން ރައްޔިތުން ދަނޭ