ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވައިފިއެވެ. އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ، ކާނިވާ ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި އެމްޑީޕީގެ ޖަލްސާގައެވެ.
އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެ ޕާޓީގެ އެކި މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން، އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ، އެޕާޓިގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލެވެ.
ރިޔާސީ ޓިކެޓް ރައީސް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި 62 ޕަސެންޓް ވޯޓުންނެވެ. އަދި އިންތިޚާބުގައި ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވުމުގެ ހުއްދަ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސަށް މިހާރު ވަނީ ދެއްވައިފައެވެ.
MDP ge Riyaasee Candidate, Raeesul Jumhooriyya Ibrahim Mohamed Solih ah ticket eruvumah baavvaa Jalsa
Riyaasee Candidate Raeesul Jumhooriyyaa Ibrahim Mohamed Solih ah ticket eruvee Chairperson Uz Fayyaz Ismail #MDPkuriyah #MDP2023 #Ibu2023 pic.twitter.com/DHq7dJso7M
— MDP Secretariat (@MDPSecretariat) February 17, 2023
ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.
ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޕްރައިމަރީއަށްވުރެ ފަސޭހައިން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ޔަޤީންކުރައްވާކަމަށެވެ. ނަޝީދުގެ ފަރާތްޕުޅުން ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ފިކުރެއްގެ ދިރުންގެ ނަމުގައި އާ ހަރަކާތެއް އިއުލާންކޮށް މެމްބަރުން ހޯދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ