ރޭ ދަންވަރު މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

ރޭ ދަންވަރު މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2023 11:45
0

މާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމާރާ މާރީގެ ރިޕޯޓް ލިބިފައިވަނީ ހެންވޭރު އަސަރީ މަގުގައި ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ލިބުނީ ކޮން ކަހަލަ ޒަހަމްތަކެއްކަން ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިހާރު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.