ސަލްމާން މިސްކިތް ނުހުޅުވަނީ ސައުދީން ތާރީހެއް ނުދޭތީ: މިނިސްޓަރު

ސަލްމާން މިސްކިތް ނުހުޅުވަނީ ސައުދީން ތާރީހެއް ނުދޭތީ: މިނިސްޓަރު

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2023 11:41
0

ސައުދީ ސަރުކާރުގެ އެހީގައި ހެދި ސަލްމާން މިސްކިތް ރަސްމީކޮށް އަލުން ހުޅުވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސައުދީގެ އެހީގައި އިމާރާތް ކުރި ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ރޯދަ މަހު ބޭނުން ކުރަން ފެށީ ވެސް އެ ތަން ނުހުޅުވައިގެން އާންމުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވި ފަހުންނެވެ. ނަމަވެސް އެ މިސްކިތް ރަސްމީކޮށް ނުހުޅުވައި އަދިވެސް ހުރީ މިސްކިތުގެ ނަން ބޯޑު ސަތަރި އަޅައި ފޮރުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޯވިޑުގެ ކުރިން ސަލްމާން މިސްކިތް ހުޅުވަން އިސްލާމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އޭގެ ދުވަސަކޮޅެއް ފަހުން ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންތަކައް ރާއްޖެ ވަޑައިގަތް ކަމަށެވެ. އަދި މިސްކިތް ހުޅުވަން މަޝްވަރާކޮށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެސް ވި ކަމަށް ވިދާޅުވިއެވެ.

ދެން އޭގެ ފަހުން ދުވަހެއް ކަނޑައަޅުއްވާފައި އިސްލާމިކް މިނިސްޓްރީއަށް އަންގާނެކަމަށް އެ ބޭފުޅުން ވިދާޅުވި ސައުދީގެ ދީވަނުލް މަލަކިއްޔާއަށް މައްސަލަ ހުށަހަޅުއްވައި ޑޭޓެއް ލިބުނީމަ ދައުލަތަށް އަންގާނެކަމަށް އެ ބޭފުޅުން ވިދާޅުވެފައި ވަޑައިގެންނެވީ. ދެން އޭގެ ފަހުން ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން އެކަމަކު އަދި އެއްވެސް ޑޭޓެއް ނުއެއް ލިބޭ. ކޮން އިރަކުން ކަމެއް ހުޅުވާނީ.

– މިނިސްޓަރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން އިމާރާތް ކުރި ސަލްމާން މިސްކިތް ހުޅުވި ފަހުން އެ މިސްކިތާ ގުޅޭ ތަފާތު އެހެން ޝަކުވާތައް ވެސް ވަނީ ބޮޑުވެފައެވެ.

އެއް ކަމަކީ މިސްކިތުގެ އޭސީ އަބަދުވެސް ހަލާކުވެފައި ހުންނަ މައްސަލައެވެ. އެކަމާ ގުޅޭ ގޮތުން މެންބަރަކު ސުވާލު ކުރުމުން ޒާހިރު ވިދާޅުވީ އޭސީގެ މައްސަލަ އަބަދު ދިމާވަނީ އެ މިސްކިތް ހުންނަ ތަނުގެ ސަބަބުން ލޮނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ދަބަރަށްވެ ހަލާކު ވެގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.