ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑު ވަޅުލައިފި

ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑު ވަޅުލައިފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2023 12:17
0

މިދިޔަމަހުގެ ދެވަނަ ދުވަހު ވ. އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑު ވަޅުލައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ހަށިގަނޑު ވަޅުލީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހުކަމަށެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޑީއެންއޭގެ ނަތީޖާއާއި ބެހޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ވ. އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނުނުކަން ފުލުހުން ރިޕޯޓްކޮށްފައިވަނީ ވިލިމާލެއިން ދެމީހުންނާ އެކު ފުރި ތެޔޮ ބޯޓަކުން ދެމީހުން ގެއްލިގެން އެކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުންނެވެ. ތެޔޮ ބޯޓުގައި ތިބީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޒާމް، 45އ، އާއި މޮހައްމަދު ލިޓަން، 35އ އެވެ.

އެ ތެޔޮބޯޓުން ދަތުރުކުރި ނިޒާމް ނަމަކަށް ކިޔާ ދިވެހި މީހާ ވަނީ އޭގެ ދުވަސްކޮޅެއް ފަހުން މާލެއިން ފެނިގެން ހައްޔަރުކޮށްފައެވެ. އަދި ނިޒާމް ހައްޔަރު ކުރީ މަރުގެ މައްސަލައެއްގައިކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.