ފީފާގެ އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑަށް 11 ކުޅުންތެރިޔަކު ވާދަކުރާނީ

ފީފާގެ އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑަށް 11 ކުޅުންތެރިޔަކު ވާދަކުރާނީ

ގުޅުންހުރި

ފީފާއިން ހޮވާ މިދިޔައަހަރު އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑަށް 11 ކުޅުންތެރިޔަކު ނޮމިނޭޓް ވެއްޖެއެވެ.

މި އެވޯޑްއަށް ވާދަކުރާ 11 ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ހަތަރު ކުޅުންތެރިޔަކު ހިމެނޭއެވެ. އެއީ ތިއާގޯ އަލްކަންޓްރާ، ސަދިއޯމާނޭ، މުހަންމަދު ސަލާހްގެ އިތުރުން ވާގިލް ވެންޑައިކްއެވެ. މީގެ ތެރެއިން މި ސީޒަންގައި ލިވަޕޫލަށް ބަދަލުވި ތިއާގޯ ވާނީ ހުސްވި ސީޒަންގައި ބަޔާން މިއުނިކަށް ފަސްތަށި ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައަރެއް އަދާކޮށްފައެވެ. ދެންތިބި ތިން ކުޅުންތެރިން ވަނީ އިނގިރޭސީ ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދިނުމުގައި ލީގުގައި މޮޅުކުޅުމެއް ދައްކައިފައެވެ.

މި އެވޯޑަށް ވާދަކުރާ ބާޔާން މިއުނިކް ރޮބާޓް ލެވެންޑޮސްކީ ވަނީ މިދިޔަ ސީޒަންގައި ބަޔާން މިއުނިކަށް ކުޅުނު 47 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްދީ ހުސްވި ސީޒަނުގައި ޔޫރަޕުގެ މޮޅުކުޅުންތެރިޔާ މާގާމްވެސް އޭނާ ވަނީ ހޯދާފައެވެ. ދެން މި އެވޯޑަށް ވާދަކުރަނީ ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، ނޭމާ އަދި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީއެވެ.

އެންމެ މޮޅު ގޯލަށް ދޭ ފީފާ ޕުސްކަސް އެވޯޑަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ސޮން ހެއުން މިން މިދިޔަ ސީޒަނުގައި ބާންލީއާ ދެކޮޅަށް ޖެހި ގޯލު ވަނީ ނޮމިނޭޓްވެފައެވެ. ފީފާ އެވޯޑަށް ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ހެޑް ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން އޮންލައިންކޮށް ސަޕޯޓަރުންނަށް ހުޅުވާލާ ޕޯލްއެއްގެ އިތުރުން މީޑިއާގެ 200 ޖާނަލިސްޓުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *