މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ކަމުގައިވާ ގދ. އަތޮޅުން އައްޑު ސިޓީއާއި ދޭތެރޭ ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިރޭ 21:30 އިން ދަންވަރު 2:30 އާއި ހަމަޔަށް މިސަރަހައްދުތަކުގެ މޫސުުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލަރޓް ނެރެފައިވާ ގަޑިތަކުގައި 19 މޭލާއި 24 މޭލާއި ދެމެދު ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި މިވަގުތު ތަކުގައި އެސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ