ނަޝީދު ގެންގުޅުއްވަނީ މައުމޫންގެ ޓެކްޓިކްސް: މަވޯޓާ

ނަޝީދު ގެންގުޅުއްވަނީ މައުމޫންގެ ޓެކްޓިކްސް: މަވޯޓާ

Author
ޢަލީ އާދަމް
31 ޖެނުއަރީ 2023 10:16
0

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއާއެކު ލިބިވަޑައިގެންނެވި މާޔޫސްކަމުގައި ރައީސް ނަޝީދު އުޅުއްވަނީ އެމްޑީޕީ ބައިބައިކޮށްލަންކަމަށާ، އެކަމަށްޓަކައި ނަޝިދު ގެންގުޅުއްވަނީ ރައީސް މައުމޫނުގެ ޓެކްޓިކްސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މިހާރު ދެބައިވެފައިވާ އެމްޑީޕީގައި ދެފެކްޝަން އުފެދިފައިވާއިރު މަވޯޓާ އަކީ ރައީސް ޞާލިޙުގެ ފެކްޝަންގެ ބޭފުޅެކެވެ. މި ކޯޅުމުގައި މަވޯޓާއަކީ ވަރަށް ގިނައިން ނަޝީދަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދު މިހާރު އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން"އާއި ޑީއާރުޕީ ދެބައިވެގެން އުފެދުނު ޒެޑް-ޑީއާރުޕީއާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ. އެމްޑީޕީ ބައިބައި ކުރުމަށް ނަޝީދު މަސައްކަތްކުރައްވަނީ ރައީސް މައުމޫން ޑީއާރުޕީ ބައިބައި ކުރުމަށް ހިންގެވި މަގުން ކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ.

މަވޮޓާ ޝަރީފަކީ ޑީއާރުޕީ ދެބައިވިއިރު އެޕާޓީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީގެ ފެކްޝަނަށް ނިސްބަތްވި ބޭފުޅެކެވެ. ފަހުން ތަސްމީންގެ ފެކްޝަނުގެ އިސް ބޭފުޅުން ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. އެއާއެކު މަވޯޓާވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުތަކުރުފާނުހަވިއްތަ
މަވޯޓާމެން ކަހަލަ ހާއިނުން ގިނަވެގެން ގޮސް އެމްޑީޕީ ހަލާކުވަމުން މިދަނީ ވަރައްފެނޭ މަވޯޓާމެން ރީކޯ މެނއ ކަހަލަ މީހުން އެމްޑީޕީ ތެރެއިން ބޭރު ކުރަން