ނަފްސާނީ ގޮތުން ކުޅުންތެރިން ވަރުގަދަވާން ޖެހޭ: ކޮންޓޭ

ނަފްސާނީ ގޮތުން ކުޅުންތެރިން ވަރުގަދަވާން ޖެހޭ: ކޮންޓޭ

Author
އިބްރާހީމް ސާޢިދު
25 ނޮވެމްބަރ 2020 07:14
0

ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލްމެޑްރިޑާ ދެކޮޅަށް ނުކުންނައިރު ނަފްސާނީ ގޮތުން އެނާގެ ކުޅުންތެރިން މެޗަށް ތައްޔާރުވާންޖެހޭކަމަށް އިންޓަމިލާންގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ކޮންޓޭ ބުނީ މެޑްރިޑުން މެޗަށް ވަރުދައަށް ތައްޔާރުވާނެކަމަށާއި އެޓީމުން ނުކުންނާނީ ވަރަށް ކޮންފިޑެންސްއާއެކުކަމަށް އެނގޭކަމަށެވެ. އިންޓަމިލާނުން އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށް ކޮންޓޭ ވަނީ ބުނެފައެވެ. މެޗުގައި ފަރުވާކުޑަ ކުރުވިއްޖެނަމަ އުނދަގޫހާލަތަކަށް ގޮސްދާނެކަމަށް ކޮންޓޭ ބުނެފައިވެއެވެ. އޭނާ ބުނީ އެންމެފަހުން ލީގުގައި ދެލަނޑު ޖަހާފަވަނިކޮށް ފަހަތުން އަރައި މޮޅުވުމުން، ކުޅުންތެރިން ކުރި މަސައްކަތް އެނގޭކަމަށާއި އެހެންނަމަވެސް އެފަދަ ނަތީޖާތަކަކީ އެހާ ފަސޭހަ ނަތީޖާތަކެއް ނޫންކަމަށެ.

ބައެއްފަހަރު ކުޅުންތެރިންވެސް ގަބޫލްކުރަންޖެހޭ، ހުރިހާ އިރަކު އެއްގޮތަކަށް ކަންތައްތަވެގެން ނުދާނެކަން.

– ކޮންޓޭ ބުނެފައިވެއެވެ.

ހަތަރު ލަނޑުން އެނބުރިއައުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނުކަމަށާއި އެކަމަކު އެއީ ކޮންމެ ހާލެތެއްގައި ކުރިމަތިވާނެގޮތެއް ނޫންކަމަށް ވެސް ކުޅުންތެރިން ދަންނަށް ޖެހޭކަމަށް އިންޓަމލާންގެ ކޯޗު ބުނި. އިންޓަމިލާން އަދި މިސީޒަންގައި ޗެމްޕިއަންސް ލީގުގެ މެޗަކުން މޮޅުވެފައެއް ނުވޭ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.