މާލެއަތޮޅު ގުރައިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި ސްޓެލްކޯއިން އެރަށަށް 800 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓެއް ގެންގޮސްފިއެވެ.
ސެޓެލްކޯއިން ބުނީ ގުރައިދޫގައި ކަރަންޓްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި އިތުރަށް ރަނގަޅުކުރުމަށް ގެންދިޔަ މި ޖަނަރޭޓަރ ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި ކޮށް ނިމޭނެކަމަށެވެ.
ކ. ގުރައިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިހާރު ވަނީ 800kW ގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާފައި. މި ޖަނަރޭޓަރުސެޓާއެކު، ގުރައިދޫގެ ކެޕޭސިޓީ 1550kW އިން 2350kW އަށް އިތުރު ކުރެވިގެންދާނެ. pic.twitter.com/8CwDJ8Uk4z
— STELCO (@STELCOMALDIVES) January 29, 2023
ގުރައިދޫގެ މިހާރުގެ ކަރަންޓް ކެޕޭސިޓީއަކީ 1550 ކިލޯ ވޮޓެވެ. އައު ޖަނަރޭޓަރ ސެޓާއެކު ކަރަންޓު ކެޕޭސިޓީ 2350 ކިލޯވޮޓަށް އިތުރުވާނެއެވެ.
ގުރައިދުއަކީ ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދެމުންދާ ރަށެކެވެ.
ކޮމެންޓު ފޮނުވާ