އަޖޭ ގެ ފިލްމް އިން ސާއި އަށް ފުރުސަތު

އަޖޭ ގެ ފިލްމް އިން ސާއި އަށް ފުރުސަތު

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2023 08:37
0

އެކްޓަރު އަޖޭ ދޭވްގަން ގެ ކުރިއަށް އޮތް ފިލްމް އިން ޒުވާން ބަތަލާ ސާއި މަންޖުރާކަރް އަށް ފުރުސަތު ލިބިފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.

ޑައިރެކްޓަރު ނީރަޖް ޕާންޑޭ ހަދަން ނިންމާފައިވާ ރޮމޭންޓިކް ތުރިލާގެ ބަތަލާގެ ރޯލަށް ސައީ މިހާރު ސޮއި ކޮށްފައިވާ ކަމަށް ހަބަރުތަށް ވަނީ ބުނެފައިއެވެ. ޕިންކްވިލާ އިން ބުނީ ޑައިރެކްޓަރު/އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދަރިފުޅު ފިލްމުގެ ލީޑް ބަތަލާގެ ރޯލަށް ނެގީ ގިނަ އޮޑިޝަންތަކަކަށް ފަހު ކަމަށެވެ.

 

View this post on Instagram

 

A post shared by Saiee M Manjrekar (@saieemmanjrekar)

މި ފިލްމް އަށް ގިނަ އަދަދެއްގެ ބަތަލާއިން އޮޑިޝަން ހެދިކަމަށްވެއެވެ. އަދި އާ ބައެއް މޫނުތަށްވެސް މި ފިލްމްއަށް އޮޑިޝަން ހެދިކަމަށްވެއެވެ. ނަމަވެސް ފިލްމް އުފައްދާ ޓީމުން ސާއި އަށް ފުރުސަތު ދޭން ނިންމީކަމަށް ވެއެވެ.

އުމުރުން 25 އަހަރުގެ ސައީ އަކީ ސަލްމާން ޚާންގެ 2019 ގެ "ދަބަންގް 3″ އިން ބޮލީވުޑްއަށް ތައާރަފްވި ބަތަލާއެކެވެ. އޭގެ ކުރިން އޭނާ ވަނީ "ކެކްސްޕްރްޝް" ކިޔާ މަރާޓީ ފިލްމް އަކުން ވެސް ފެނިގެން ގޮސްފައިއެވެ. މިދިޔަ އަހަރު ތެލެގޫ ދެ ފިލްމަކުން އުންމީދީ ބަތަލާ ފެނިފައިވެ އެވެ. އެއީ "މޭޖާ" އާއި "ގަނީ" އެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

އަޖޭ އާއި ސައީއާ އެކީ ނީރަޖް ހަދަން ތައްޔާރުވާ ފިލްމުގެ ކާސްޓްގައި ޖިމީ ޝެރްގިލް ވެސް ހިމެނެ އެވެ. ނީރަޖް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "އަ ވެނިޒްޑޭ"، "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަދި "ސްޕެޝަލް 26″ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.