މަޑުއްވަރީ ފަރަށް އެރި ދޯންޏެއް ފުންކުރުމުގެ މަސައްކަތް ފަށައިފި

މަޑުއްވަރީ ފަރަށް އެރި ދޯންޏެއް ފުންކުރުމުގެ މަސައްކަތް ފަށައިފި

Author
ޢަލީ އާދަމް
19 ޖެނުއަރީ 2023 09:10
0

އެން ހިފަން އުޅުނު "ރޭވަން" ނަމަކަށް ކިޔާ ދޯންޏެއް މ.މަޑުއްވަރީ ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެ ދޯނި ފުންކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 22:40 ހާއިރު ކަމަށެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކޯސްޓްގާޑު ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނި ފުންކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

ހާދިސާ ހިނގިއިރު 40 ފޫޓުގެ އެ ދޯނީގައި ތިބީ 9 ފަޅުވެރިންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.